ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 1446ހ

މިކައުންސިލްގެ 4ވަނަ ޤުރްއާން މުބާރާތް މި އަންނަ ރަމަޟާން މަހުގެ މެދު ދިހައިގެ ތެރޭގެތެރޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

މި މުބާރާތުގައި ޢަލަމުކުރާނީ މި ކައުންސިލުން ފާސްކޮށްފައިވާ "ދާންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު" 1446ހ. އާއި އެއްގޮތަށެވެ.

 

މުބާރާތުގެ ގޮފިތައް:

  1. ބަލައިގެން ކިޔެވުމުގެ ގޮފި
  2. ހިތުން ކިޔެވުމުގެ ގޮފި

 

މުބާރާތުގައި ބަލައިގެން (ތިލާވަތުކޮށް) ކިޔެވުމުގެ ގޮފިން ބައިވެރި ކުރުމަށް ކަނޑައެޅިފައިވާ ޢުމުރު ފުރާތައް:

  1. 5 އަހަރުން ދަށް (5 އަހަރު ނުފުރޭ)
  2. 7 އަހަރުން ދަށް (5 އަހަރު ފުރި 7 އަހަރު ނުފުރޭ)
  3. 10 އަހަރުން ދަށް (7 އަހަރު ފުރި 10 އަހަރު ނުފުރޭ)
  4. 13 އަހަރުން ދަށް (10 އަހަރު ފުރި 13 އަހަރު ނުފުރޭ)
  5. 16 އަހަރުން ދަށް (13 އަހަރު ފުރި 16 އަހަރު ނުފުރޭ)
  6. 19 އަހަރުން ދަށް (16 އަހަރުފުރި 19 އަހަރު ނުފުރޭ)
  7. 19 އަހަރުން މަތި (19 އަހަރުފުރި 55 އަހަރުން ދަށުގެ އުމުރުފުރާ) މި އުމުރު ފުރާތަކަށެވެ.
  8. ޚާއްޞަ އެހީއަށް ބޭނުންވާ ބައިވެރިންނަށް ޚާއްޞަ ކެޓަގަރީ (ހުރިހާ އުމުރުފުރާއެއް)

 

މުބާރާތުގައި ހިތުން (ޙިފްޘްކޮށް) ކިޔެވުމުގެ ގޮފިން ބައިވެރި ކުރުމަށް ކަނޑައެޅިފައިވާ ޢުމުރު ފުރާތައް:

  1. 5 އަހަރުން ދަށް (5 އަހަރު ނުފުރޭ)
  2. 7 އަހަރުން ދަށް (5 އަހަރު ފުރި 7 އަހަރު ނުފުރޭ)
  3. 10 އަހަރުން ދަށް (7 އަހަރު ފުރި 10 އަހަރު ނުފުރޭ)
  4. 13 އަހަރުން ދަށް (10 އަހަރު ފުރި 13 އަހަރު ނުފުރޭ)
  5. 13 އަހަރުން މަތީ ޢުމުރު ފުރާ (13 އަހަރު ފުރި 55 އަހަރު ނުފުރޭ ބައިވެރިންނަށް)
  • ބައިވެރިންގެ ޢުމުރުފުރާ ބަލާނީ ރަމަޟާން މަހު 1 އާއި ހަމަޔަށް ފުރިފައިވާ އަހަރަށެވެ.
  • ކަނޑައެޅިފައިވާ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ :- ރަށުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ނުވަތަ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ރަށުގައި ދިރި އުޅޭ އެހެން ރަށްރަށުގެ މީހުންކަމުގައި ބަލާނީ ވޭތުވެ ދިޔަ 12 މަސްދުވަހު މެދުނުކެޑި ރަށުގައި ދިރިރިއުޅެފައިވާ ނަމައެވެ.

 

މުބާރާތަށް ކަނޑައެޅިފައިވާ ހެނދުން ކޯޑް:

  1. ފިރިހެން ބައިވެރިންގެ ހެދުން:  ގަމީސް / ކުރުތާ، ފަޓްލޫން ، ތާކިހާ (ތަސްވީރެއް ފޮޓޯއެއް ހިމެނިފައިނުވާ)
  2. އަންހެން ބައިވެރިންގެ ހެދުން:  އަތްދިގު ހެދުން ދިގު ހަރުވާޅަ ، ބުރުގާ (ތަސްވީރެއް ފޮޓޯއެއް ހިމެނިފައިނުވާ)

 

މިއަހަރު ދިނުމަށް ކަނޑައެޅިފައިވާ އިނާމްތައް:

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 1 ވަނައަށް އަންނަ ފަރާތަކަށް

-     ދެވޭ ހަނދާނީ ލިއުން

-    ދެވޭ ޓްރޮފީ

-     ދެވޭ ފައިސާގެ އިނާމް (-/2000ރ ގެ ފައިސާގެ ޢިނާމް)

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 2 ވަނައަށް އަންނަ ފަރާތަކަށް

-     ދެވޭ ހަނދާނީ ލިއުން

-     ދެވޭ ޓްރޮފީ

-     ދެވޭ ފައިސާގެ އިނާމް (-/1500ރ ގެ ފައިސާގެ ޢިނާމް)

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 3 ވަނައަށް އަންނަ ފަރާތަކަށް

-     ދެވޭ ހަނދާނީ ލިއުން

-     ދެވޭ ޓްރޮފީ

-     ދެވޭ ފައިސާގެ އިނާމް (-/1000ރ ގެ ފައިސާގެ ޢިނާމް)

  1. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް

-     ދެވޭ ހަނދާނީ ލިއުން

-     ދެވޭ ޓްރޮފީ

-     ދެވޭ ފައިސާގެ އިނާމް (-/3000ރ ގެ ފައިސާގެ ޢިނާމް)

  1. ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް

-     ދެވޭ ހަނދާނީ ލިއުން

-     ދެވޭ ޓްރޮފީ

-     ދެވޭ ފައިސާގެ އިނާމް (-/3000ރ ގެ ފައިސާގެ ޢިނާމް)

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މި ދަންނަވާ  https://forms.gle/mLXqKP8gt1pa1rMA6 ލިންކް މެދުވެރިކޮށް ނުވަތަ ސިޓީއެއް މެދުވެރިކޮށް 13 ފެބުރުއަރީ 2025ވަނަ ދުވަހު (14 ޝަޢްބާން 1446) އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.  މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތެއް އޮޅުން ފިލުވުމަށް ގުޅުއްވާނީ 7330026 އަށެވެ. ނުވަތަ މި ޕްރޮގްރާމުގެ ފޯކަލް ޕޮއިންޓް / ކައުންސިލް އެގްޒެކެޓިވް، މުޙައްމަދު ޢަލީ (ނަންބަރ: 7830720) އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2025
ހޯދާ