މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ، ސޭފްޓީ އެންޑް ކޮލިޓީ ކޮންޓްރޯލް - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

       މިނިސްޓްރީގެ ނަންބަރު (IUL)23-HRD(LR)/23/2024/335 އިޢުލާނަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ، ސޭފްޓީ އެންޑް ކޮލިޓީ ކޮންޓްރޯލް

މަޤާމުގެ ނަންބަރު

       J-406982

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 9 ބީ - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޮލިޓީ އެޝުއަރަންސް އެންޑް ރެގިއުލޭޝަން ޑިވިޜަން/ ހެލްތު ސަރވިސަސް ސްޑޭންޑަރޑްސް އެންޑް ގައިޑްލައިންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ޞިއްޙީ ވުޒާރާ

މުސާރަ

-/16,566 ރުފިޔާ

މަޤާމުގެ އެލަވަންސް

-/7,731 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް : ހާޒިރުވާ ދުވަހަކަށް -/209

ނޯޓް: މި މަގާމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީ ފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ ، މި މަގާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ސްޓޭންޑަޑް، ގައިޑްލައިން، ޕްރޮޓޮކޯލްސް، އެސް.އޯ.ޕީ. އަދި އެހެނިހެން ލިޔެކިއުންތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީ މީހުންގެ ލަފަޔާ އިރުޝާދުގެ މަތިން ތައްޔާރުކޮށް، ފައިނަލައިޒްކޮށް ޑިސްސެމިނޭޓްކުރުން އަދި އެއަށް އަމަލު ކުރަމުންދޭތޯ ބެލުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތައް ސްޓޭންޑަޑައިޒް ކުރުމަށް ބޭނުންވާނެ ފޯރމުތަކާއި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށް، ފައިނަލައިޒްކޮށް ޑިސްސެމިނޭޓްކުރުން އަދި އޭގައި ހިމެނޭ މިނިމަމް ސްޓޭންޑަޑް ތަކާއި އެއްގޮތަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ލިޔެކިއުންތައް ބެހެއްޓިފައިވޭތޯ ބެލުން.
  3. ޞިއްޙީ ޚިދުމަތާއި ގުޅޭ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތަކަށް ޑޮކިޔުމަންޓް ކޮންޓްރޯލް ސިސްޓްމެއް އުފައްދާ އަދި މި ސިސްޓަމް މޮނިޓަރކޮށް ބެލެހެއްޓުން. ޞިއްޙީ ޚިދުމަތުގައި ބޭނުންކުރެވޭ އެކިއެކި ފޯރމު ތަކާއި ފޯމެޓްތަށް މި ސިސްޓަމްއަށް އެންޓަރ ކުރުމަށް ބޭނުންވާ ނަމްބަރިނގ ސިސްޓަމް ޤާއިމުކުރުން.
  4. "މޯލްޑިވްސް ހެލްތްކެއަރ ކޮލިޓީ ސްޓޭންޑަރޑްސް" އިމްޕްލިމެންޓުކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުމާއި، ޤަވާއިދުން ރިވައިސް ކުރުން އަދި އެޔަށް ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކޮށް ޓްރޭންކުރުމުގެ ޕްރޮގްރާންތައް ހިންގާ، އެސެސަރ ރަޖިސްޓްރީ ބެލެހެއްޓުން
  5. ޞިއްޙީ ޚިދުމަތާއި ގުޅޭ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތަކަށް މީހުން އަހުލުވެރިކުރާނެ ސިސްޓްމެއް އުފައްދާ ޓްރޭނިންގ ވަކި އސޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތަކަށް އަހުލުވެރި ކިރިމުގެ ޕްރޮގްރާންތައް ހިންގުން
  6. އިންޓަނޭޝަނަލް ޖަމްއިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްސް ތަކުގެ ޕްރޮޕޯސަލްތައް ތައްޔާރު ކުރުމާއި، ޕްރޮޖެކްސްތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކޮށް ޕްރޮޖެކްޓްސް މޮނިޓަރ ކޮށް ބެލެހެއްޓުން.
  7. ކޮލިޓީ އެޝުއަރެންސް އެންޑް އިމްޕްރޫވްމަންޓް ޑިވިޝަނުގެ އެކްޝަން ޕްލޭންގެ ތެރެއިން ޓެކްނިކަލް ސްޓޭންޑަޑްސް އެންޑް ގައިޑަލައިނާއި ގުޅުންހުރި އެކްޓިވިޓީސްތަކަށް އެނުއަލް ޕްލޭންހަދާ އަހަރުތެރެއަށް ބަހާލައިގެން މަސައްކަތްތައް ނިންމުމާއި ކުރިއަށްއޮތް އަހަރަށް އެކްޝަންޕްލޭން ހެދުމަށް އެހީތެރިވެދިނުން
  8. ޞިއްޙީ ޚިދުމަތުގެ ފެންވަރާ، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރެވެމުންދާ މިންވަރު ދެނެގަތުމަށް ޕާރފޯރމަންސް އިންޑިކޭޓަރސްތައް ތައްޔާރުކޮށް ބޭސްލައިން ޑާޓާ ނެގުން އަދި ކޮންމެ އަހަރަކު ގަވާއިދުން މި ޑާޓާތައް ނެގޭނެ މެކޭނިޒަމްއެއް އެކުލަވާލުން
  9. ޑިވިޝަންގެ ރިވިއު ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ބަލާ، އޭގެން ފާހަގަ ކުރެވޭ ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމާއި، އަލަންޖެހޭ ފިޔަވަޅުތައް އެޅުން
  10. ކޮލިޓީ އެޝުއަރެންސް އެންޑް އިމްޕްރޫވްމަންޓް ޑިވިޝަނުން ކުރާ އިންސްޕެކްޝަން، މޮނިޓްރިން އަދި ކުއަލިޓީ އެސެސްމަންޓް ތަކުގައި ބައިވެރިވެ ފަންނީ ލަފާ ދިނުން.
  11. ލެބޯޓްރީ ތަކުގެ ސްޓޭންޑަރޑް ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި، ލެބޯޓްރީތައް ހިންގަމުންދަނީ ނެޝަނަލް ލެބޯޓްރީ ސްޓޭންޑަރޑްސް އާއި އެއްގޮތައްތޯ އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯތްތައް އެކުލަވާލާ ފޮލޯއަޕްހެދުން.
  12. ޞިއްޙީ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ސަރވިސް އޮޑިޓްތައް ތައްޔާރުކޮށް، ކުރުން އަދި އޮޑިޓް ރިޕޯޓް ތަންތަނަށް ފޮނުވުމާއި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރޭތޯ ބެލުން
  13. ޞިއްޙީ ޚިދުމަތުގެ ފެންވަރާ، ބަލިމީހާގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން އަދި ނެޝަނަލް ކޮންފަރަންސް / ސިންޕޯޒިއަމް އެއް އަހަރަކު އެއްފަހަރު ބޭއްވުން
  14. ސްޓޭންޑަރޑްސް އެންޑް ރިވިއު ސެކްޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ މަހުންމަހަށް ހަދަންޖެހޭ ޕާރފޯމަންސް ރިވިއުތައް ހަދާ، ޓާރގެޓްސް ތައް ތައްޔާރުކޮށް ޓާރގެޓްސް ތަކާ އެއްގޮތައް މަސައްކަތްތައް ކުރޭތޯ ބެލުމާއި ޕާރފޯރމަންސް އެޕްރައިސަލް ހެދުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް އެންގުން
  15. ސިއްޙީ ޙިދުމަތް ދިނުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދު އަދި އެހެނިހެން އުސޫލުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލާ އެތާވަލާ އެއްގޮތައް ކަންކަން ކުރުން
  16. ޑިވިޝަން ރާވާފައިވާ ގޮތަށްބަލާ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔެ އެކަން މިނިސްޓްރީގެ ޑިވިޝަންތަކާއި މިނިސްޓްރީގެ މުއައްސަސާތަކަށް އަންގާ އެކަންކަން ބެލެހެއްޓުން.
  17. ހެލްތް ސާރވިސް ސްޓޭންޑަރޑަސް އެންޑް ކޭސް ރިވިއު ސެކްޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ މަހުންމަހަށް ހަދަންޖެހޭ ޕާރފޯމަންސް ރިވިއުތައް ހަދާ، ޓާރގެޓްސް ތައް ތައްޔާރުކޮށް ޓާރގެޓްސް ތަކާ އެއްގޮތައް މަސައްކަތްތައް ކުރޭތޯ ބެލުމާއި ޕާރފޯރމަންސް އެޕްރައިސަލް ހެދުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް އެންގުން
  18. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިޔުލޭޝަން ޑިވިޜަންގެ މެންޑޭޓް ޙާސިލްކުރުމަށް ޑިވިޜަންގެ އޮނިގަނޑުގައި މުވައްޒަފު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ސެކްސަން ނޫން އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ނިންމުމުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުން
  19. ޑިވިޜަން ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.
  20. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

1-  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި  މަސައްކަތްކޮށްފައިވުން.

ނުވަތަ؛

2-      މަގާމުގެ މަސައްކަތާ ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

3- މަގާމުގެ މަސައްކަތާ ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ހެލްތް އެޑްމިނިސްޓްރޭޝަން
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން 
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އިން ކޮލިޓީ އެންޑް ސިސްޓަމްސް ސޭފްޓީ
  • ހެލްތް ކެއަރ މެނޭޖްމަންޓް  
  • ހެލްތް ކެއަރ ކޮލިޓީ
  • ހެލްތް ކެއަރ ކޮލިޓީ އެންޑް ސޭފްޓީ 
  • ހެލްތް ކެއަރ ކޮލިޓީ އިމްޕްރޫވްމަންޓް  
  • ހެލްތް ކެއަރ ކޮލިޓީ އިން ޕޭޝަންޓް ސޭފްޓީ 
  • ހެލްތް ކެއަރ ކޮލިޓީ މެނޭޖްމަންޓް 
  • ހެލްތް ކެއަރ ރިސްކް މެނޭޖްމަންޓް އެންޑް ކޮލިޓީ  
  • ހެލްތު މެނޭޖުމަންޓް 
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
  • ހޮސްޕިޓަލް މެނޭޖްމަންޓް 
  • ޕޭޝަންޓް ސޭފްޓީ އެންޑް ހެލްތް ކެއަރ ކޮލިޓީ
  • ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ  
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ މެނޭޖްމަންޓް
  • ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޓަރީ އެފެއާޒް 
  • ކޮލިޓީ އެޝުއަރެންސް  
  • ރެގިއުލޭޓަރީ އެފެއާޒް  
  • ރެގިއުލޭޓަރީ އެފެއާޒް އެންޑް ކޮލިޓީ އެޝުއަރަންސް  

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސަރވިސަސް
  • ހެލްތު މެނޭޖްމަންޓް
  • ހޮސްޕިޓަލް މެނޭޖްމަންޓް
  • ހެލްތު އެންޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަގާމަށް ޢައްޔަންކުރާއިރު ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ސެޓުފިކެޓެއް ކޮޕީ؛

އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސަރޓިފިކޭޝަން / ޕޭޝަންޓް ސޭފްޓީ ސަރޓިފިކޭޝަން/  ކޮލިޓީ އެސެސަރ ސަރޓިފިކޭޝަން / ހޮސްޕިޓަލް އެކްރެޑިޓޭޝަން އެސެސަރ ސަރޓިފިކޭޝަން / އައި.އެސް. އޯ ސަރޓިފިކޭޝަން / އައި.އެސް.ކިއު.ޔޫ.އޭ ސަރޓިފިކޭޝަން / ބޭސިކް ސެޓްފިކެޓް އިން ކޮލިޓީ އެންޑް ސޭފްޓީ  / ސީ.ޕީ.ޕީ.އެސް ( ސަރޓިފައިޑް ޕްރޮފެޝަނަލްސް އިން ޕޭޝަންޓް ސޭފްޓީ) / ހެލްތު ކެއަރ ރިސްކް މެނޭޖްމަންޓް ސަރޓިފިކޭޝަން / ކޮލިޓީ އިމްޕްރޫވްމަންޓް 7 ސީ.ޕީ.ޑީ ޕޮއިންޓް

7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 04 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ފެބުރުވަރީ  މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014410 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2025
ހޯދާ