ދިވެހިރާއްޖެ
(IUL)258/258/2025/12 :ނަންބަރު
އިޢުލާން
ހަނިމާދޫ ހިނަވާގެއާއި އިންވެގެން ވެއިޓިން އޭރިއާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން.
ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނިމާދޫ ހިނަވާގެއާއި އިންވެގެން ވެއިޓިން އޭރިއާއެއް އިމާރާތްކުރުމަށް ބޭނުންވެއެވެ.
ވީމާ މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ހިނަވާގެއާއި އިންވެގެން ވެއިޓިން އޭރިއާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
މަޢުލޫމާތު ސާފުކުރުން |
2025 ފެބްރުއަރީ 05 (ބުދަ) |
މެންދުރު 01:00 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
2025 ފެބްރުއަރީ 19 (ބުދަ) |
ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަޖަބް 1446
28 ޖަނަވަރީ 2025