ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތަކަށް ކުލީ ބިން ދޫކުރުން

މިރަށުގައި ވިޔަފާރިތަކަށް ބިން ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލުމުން ނުނަގާހުރި ބައެއް ބިންތައް ކުއްޔަށް ހިފުމަށް ފުރުޞަތު އަލުން ހުޅުވާލަމަވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2025 ފެބުރުވަރީ 20 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން 19 ފެބުރުވަރީ 2025 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް ފައިސާދެއްކި ސްލިޕް ފޮނުވުމުން މެއިލް މެދުވެރިކޮށް ފޯމް ފޮނުވޭނެއެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންތަކެވެ.

  1. 59.1 އަދި 59.5 (ބިމުގެ ބޮޑުމިން 4000 އަކަފޫޓް100’x40’ )
  2. 59.8 (ބިމުގެ ބޮޑުމިން 2400 އަކަފޫޓް60’x40’ )

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ.  ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ. ފޯމް ބައްލަވައިގަތް ފަރާތް ނޫން އެހެން ފަރާތަކަށްވެސް ފައިސާ ދައްކާފައިވާ ފޯމް ބޭނުންކުރެވިދާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2025
ހޯދާ