މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ބަނދަރު ސަރަހައްދުގައި ޢިމާރާތް ކުރަން ފަށާފައިވާ ''ބަނދަރުހިޔާ'' ހިޔާކުުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ :

ނ.ލަންދޫ ބަނދަރު ސަރަހައްދުގައި ޢިމާރާތް ކުރަން ފަށާފައިވާ މިރަށު ''ބަނދަރުހިޔާ'' ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖައްސާފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2025
ހޯދާ