ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު ދާއިރާއާގުޅޭ ފެކަލްޓީގެ ކޯޑިނޭޓަރާއި ގުޅުއްވުމުން ނުވަތަ އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ބަލަހައްޓަވާ ދާއިރާގެ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލާ ނާދިޔާ އަޙްމަދު (ފޯން: 3345300، އީމެއިލް: [email protected]) އަށެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން
ތަޢާރަފް
އެޑިޔުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.
- ކަރިކިއުލަމް/އެޑިޔުކޭޝަނަލް ރިފޯމް Curriculum/Educational Reform
- އެޑިޔުކޭޝަނަލް ޗޭންޖް އެންޑް އިނޮވޭޝަން Educational Change and Innovation
- އެޑިޔުކޭޝަނަލް ލީޑަރޝިޕް Educational Leadership
- އެޑިޔުކޭޝަނަލް ޕޮލިސީEducational Policy
- ކަރިކިއުލަމް ޑެވެލޮޕްމަންޓް Curriculum Development
- ޕެޑަގޮޖިކަލް ޕްރެކްޓިސްPedagogical Practice
- އިސްލާމިކް އެޑިޔުކޭޝަން Islamic Education
- ފިލޯސޮފީ އޮފް އެޑިޔުކޭޝަން Philosophy of Education
- ސޯސިއޮލޮޖީ އޮފް އެޑިޔުކޭޝަން Sociology of Education
- އެޑިޔުކޭޝަން ފޮރ ސަސްޓެއިނަލަބް ޑެވެލޮޕްމަންޓް (އީ.އެސް.ޑީ) Education for Sustainable Development (ESD)
- އިންޓެގްރޭޓިންގ ސަސްޓެއިނަބިލިޓީ ޕްރިންސިޕަލްސް އިން ހަޔަރ އެޑިޔުކޭޝަން Integrating Sustainability Principles in Higher Education
- ހިއުމެނިޓީސް އެންޑް ސޯޝަލް ސައިންސަސް އިން އެޑިޔުކޭޝަން Humanities and Social Sciences in Education
- އެޑިޔުކޭޝަން ޓެކްނޯލޮޖީ އެންޑް ޕެޑަގޮޖީ Educational Technology and Pedagogy
- ޓީޗަރ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް Teacher Professional Development
- ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ސްކިލް ޑެވެލޮޕްމަންޓް Vocational Education and Skill Development
- އިންޓަނޭޝަނަލައިޒޭޝަން އޮފް އެޑިޔުކޭޝަން Internationalization of Education
- އެސެސްމަންޓް Assessment
ކޯހުގެ މުއްދަތު: ފުލްޓައިމް 3-4 އަހަރު
ކޯހުގެ މުއްދަތު: ޕާރޓްޓައިމް 6-8 އަހަރު
ކޯހަށް ވަނުމުގެ ޝަރުޠު
- އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
- ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
- ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
- ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިނގިރޭސި ބަހުގެ ފެންވަރު
IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.
އިތުރު މަޢުލޫމާތު
- ކޯހަށްވަނުމަށް އެދޭ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެއްވޭނެއެވެ.
- ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
Statement of Intent Information of PhD_Dhivehi.pdf
Statement of Intent Information of PhD_English.pdf
- ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 8760.00 (އައްހާސް ހަތް ސަތޭކަ ފަސްދޮޅަސް) ރުފިޔާ އެވެ. ފީ ތަކާ ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.