މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާއި ބެހޭ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން މިކައުންސިލާއި ހަވާލު ކުރައްވާފައިވާ ކަދުރު ބެހުމުގެ މަސައްކަތް 2025 ޖެނުއަރީ 28 ން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 12:30 އަށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ކަދުރު ބަހާނީ މިހާރު މީހުން ދިރިއުޅޭ ގެތަކުގެތެރެއިން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުޞޫލުންނެވެ. ކޮންމެ ގެއަކުން ބޭފުޅަކު، އައި.ޑީ.ކާޑު ހިއްޕަވައިގެން ކަދުރާއި ހަވާލުވެ ވަޑައިގަތުމަށްޓަކައި މިކައުންސިލްގެ އިދާރާ އަށް ވަޑައި ގަތުމުން ކަދުރު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
28 ޖަނަވަރީ 2025
ހޯދާ