ދިވެހިރާއްޖެ
ނަމްބަރ: GS138/IUL/2025/P03
އިޢުލާން
ދޮންފަނު ސުކޫލުގެ ސްޓޭޖް ކުލާހުގެ ޕާޓިޝަން މަރާމާތު ކޮށް އެހެން ކުލާހަކަށް ބަދަލުކުރުން
މި ސުކޫލްގެ ސްޓޭޖް ކުލާހުގައި ޖަހާފައިވާ ޕާޓިޝަންތައް މަރާމާތު ކުރުމަށްފަހު އެހެންކުލާހެއްގައި ޖެހުމަށް ބޭނުންވާތީ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 04 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11:30 ކުރިން ބިޑް ރެޖިސްޓްރީ ކުރުމަށްފަހު 09 ފެބުރުއަރީ 2025 އާދިއްތަ ދުވަހުގެ 11:30 އަށް މި ސުކޫލަށް ވަޑައިގެން ބިޑު ހުށައެޅުމަށް ދަންނަވަމެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
ބިޑު ހުށައެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މިއިދާރާގެ ނަންބަރު 6601002 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.