ދިވެހިރާއްޖެ
އިޢުލާނު ކައުންސިލުން ރަށު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ވޮލީ މުބާރާތް 2025' އދ.ދިއްދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅައިގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 10 މާރިޗް 2025 ވަނަ ދުވަހު އދ.ދިއްދޫގައި ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 15 މާރިޗް 2025 ވަނަ ދުވަހު އަންހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 13 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު 13 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 6680057 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
|
28 ޖަނަވަރީ 2025
28 ރަޖަބު 1446