ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މިކޯހަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
|
|
ކުއްލިއްޔާ އޮފް އެޑިޔުކޭޝަން |
|||||||||
ކުއްލިއްޔާ/ ސެންޓަރ |
ލެވެލް |
ކޯހުގެ ނަން |
ޝަރުޠު |
ކިޔަވައިދޭ ބަސް |
ކިޔަވައިދޭ ގޮތް |
ދަންފަޅި |
ކޯހުގެ ޖާގަ |
މުއްދަތު |
ކެމްޕަސް |
ކޯހުގެ ޖުމްލަ ފީ |
ކުއްލިއްޔާ އޮފް އެޑިޔުކޭޝަން |
ލެވެލް 9 |
މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަން |
ނުވަތަ،
ނުވަތަ،
|
އިނގިރޭސި |
އޮންލައިން |
ހޮނިހިރު ދުވަސް |
25 |
1 އަހަރު (2 ސެމިސްޓަރ) |
މާލެ |
މޯޑް 1 (ކޯސް ވާރކް): 31,600/- ރުފިޔާ |
މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް): 31,600/- ރުފިޔާ |
||||||||||
ކުލާހަށް ޙާޟިރުވެގެން |
މޯޑް 3 (ހަމައެކަނި ރިސާޗް): 35,500/- ރުފިޔާ |
ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 06 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. މީގެ އިތުރުން،ރ. އުނގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުނގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައިޔޫއެމް ލާރނިންގ ސެންޓަރ، ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)އަދިއައްޑޫ ސިޓީ މީދޫ - ޝަމްސުއްދީން ލާރނިންގ ސެންޓަރ އަށް ހުށަހެޅޭނެއެވެ. އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 1405 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
- ލިބިފައިވާ ސަނަދުތަކުގެ އެޓެސްޓެޑް ސާފު ކޮޕީ .
- އައިޑީކާޑުގެ ސާފު ކޮޕީ.
- ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
- އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
- އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 1405 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.
- ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން،ރ. އުނގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުނގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، ގދ. ތިނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރ (ތިނަދޫ އިސްލާމީ މަރުކަޒު)، އައިޔޫއެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)، އައްޑޫ ސިޓީ މީދޫ – އައިޔޫއެމް ޝަމްސުއްދީން ލާރނިންގ ސެންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ރ.އުނގޫފާރު – އިސްލާމީ މަރުކަޒު)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ގދ. ތިނަދޫ – އިސްލާމީ މަރުކަޒު)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ)
- އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
- އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
23 ރަޖަބު 1446
23 ޖަނަވަރީ 2025