މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އޯޕަންވޯޓަރ އަދި އެޑްވާންސް ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު "

އިޢުލާން

 

 

" އޯޕަންވޯޓަރ އަދި އެޑްވާންސް ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު "

 

 މ. އަތޮޅު ކައުންސިލްއިން އިސްނަގައިގެން މުލަކަތޮޅު ޕޮލިސްއާއި ގުޅިގެން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންޑޯންސްމަންޓް ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު މުލަކަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން " އޯޕަންވޯޓަރ އަދި އެޑްވާންސް ޑައިވިންގ " ކޯހެއް 2025 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

  ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން  މުލީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ސިރާޖު (9995626) އަށް ގުޅާ ނަންނޯޓް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް މުލަކަތޮޅުގެ ކޮންމެ ރަށަކުންވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 2 ފަރާތަށް ކަމުގައި ދަންނަވަމެވެ.

   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖަނަވަރީ 2025
ހޯދާ