ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުލް ފުރުޤާން ގައި ތަރާވީޙް ނަމާދުކުރުމާއި ގުޅޭ.

1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާންގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޡަކު ގެނެސްދޭނޭ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު (IUL)417-CA/417/2025/8  އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތުން އަގު ހުށަހަޅުއްވާފައިނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމަވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ހާފިޡްކު ގެނައުމުގެ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގެއް 29 ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާ އަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. ގެނެސްދިނުމަށް ހުށަހަޅާ ހާފިޡަކީ ކުރިން ރާއްޖޭގައި ހިފްޛުކޮށް ތަރާވިޙް ނަމާދުކޮށްފައިވާ އިމާމް އަކަށް ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޤަބޫލުކުރާ ފެންވަރުގެ ހާފިޛަކަށް ވާންވާނެއެވެ. ހާފިޡްގެ ތިރީގައި މިދަންނަވާ ކަންކަން މަސައްކަތް ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ.

  • ޙާފިޡް ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
  • ރަމަޟާން މަސް ނިމުމުން، ޙާފިޡު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން.
  • ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
  • ޙާފިޡުގެ އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖަނަވަރީ 2025
ހޯދާ