މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކުނިކޮށި ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް

މިކައުންސިލުން ދޭ އިރުޝާދާއި އެއްގޮތަށް ރަށުގެ 2 ކުނިކޮށި ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ތިރީގައިމިވަނީއެވެ.

  1. ދެކުނު ކުނިކޮށީގެ އުތުރު ފަރާތުން ފެށިގެން ވަށައިގެން 20ފޫޓް ފުޅާ، 200 ފޫޓް ދިގުމިނުގެ މަގެއް ހެދުމާއި މިހާރު ކުނި ކޮށީގެ ވަށައިގެންވާ ކުނި ގޮނޑު އެއްކޮށްނަގާ ކައުންސިލުން ކަނޑައަޅާ ކުނިކޮއްޓާއި ކައިރި ސަރަހައްދަކަށް އެޅުން.
  2. އުތުރު ކުނިކޮށީގައިވާ ކުނިތައް ކަހާލާ ގޮނޑުދޮށާވީ ފަރާތައް ކުނިތައް ޖައްސާލުން.

            ވީމާ، މި މަސައްކަތަށް އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 04 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހު 10:00 ގެ ކުރިން https://forms.gle/qDHVzDAxacXAkH93A މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ސައިޓް ސީއިން ސެޝަންއެއް 05 ފެބްރުވަރީ 2025 ވާ ބުދަ ދުވަހު 10:00 ގައި ކުރިއަންދާނެއެވެ.

އަގު ހުށަހަޅުއްވާނީ އެހުށަހަޅުއްވާ ވިޔަފާރިއެއްގެ ލެޓަރ ހެޑްގެ ކޯޓޭޝަންއަކުންނެވެ. ކޯޓޭޝަންގައި އަގާއި މުއްދަތު ހިމަނަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 11 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" 2 ކުނިކޮށި ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

20%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    ކޯޓޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ ކޯޓޭޝަން ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ޖަނަވަރީ 2025
ހޯދާ