ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް ޕާލޯއަލްޓޯ (Paloalto) ފަޔާރވޯލްގެ ސަޕޯޓް ލައިސްންސް އައުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ކޮންޓެކްޓް ކުރެވޭނެ ފަރާތުގެ މަޢުލޫމާތު، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު ހިމެނުމަށް ފަހު، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
03 ފެބުރުވަރީ 2025 |
ހޯމަ |
11:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
09 ފެބުރުވަރީ 2025 |
އާދިއްތަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
11 ފެބުރުވަރީ 2025 |
އަންގާރަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.