އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިން ހޯދުމަށް (ލޯކަލައިޒޭޝަން)

                                                          `

                                                              

ކަލައިދޫ ސްކޫލް

  ލ.ކަލައިދޫ  

 

                                                                        އިޢުލާނު ނަންބަރ: GS187/IUL/2025/003

    

 

އިޢުލާނު

މި މަޤާމުތަކަކީ  ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017  (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.

މަޤާމު:

މަޤާމް

ސްޕެޝަލައިޒޭޝަން

ބޭނުންވާ އަދަދު

މަޤާމުގެ ނަންބަރު

ޓީޗަރ

ބިޒްނަސްސްޓަޑީޒް

1

J-355501

ޓީޗަރ

ފިޒިކްސް

1

J-355506

ޓީޗަރ

އިނގެރޭސި

1

J-260608

ޓީޗަރ

ބީޓެކް ހޮސްޕިޓަލިޓީ

1

J-299556

ޓީޗަރ

ޓްރެވެލް އެންޑް ޓޫރިޒަމް

1

J-355505

ޓީޗަރ

ކެމިސްޓްރީ

1

J-305668

ޓީޗަރ

ބަޔޮލޮޖީ

1

J-305667

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

     ޓީޗަރ،ރޭންކު 1 އިން ޓީޗަރ،ރޭންކު 3 އަށް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކު 5 އިން ޕަބްލިކް ސަރވިސް ރޭންކު 8 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކަލައިދޫ ސްކޫލް / ލ.ކަލައިދޫ

މުސާރަ:

ޓީޗަރ ރޭންކު

މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް ( ހާޒިރުވާ ކޮންމެ ދުވަހަކަށް )

ރޭންކު 1

9214/-  ރުފިޔާ

2764/-  ރުފިޔާ

75/-  ރުފިޔާ

ރޭންކު 2

11564/-  ރުފިޔާ

 5397/-  ރުފިޔާ

146/-  ރުފިޔާ

ރޭންކު 3

12409/-  ރުފިޔާ

5791/-  ރުފިޔާ

 157/-  ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
2.- ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

3.ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން

4. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން

5.ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން

6. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން

7. ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން

8. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން

9. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން

10.ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން

11.ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.

12. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

13. ރިލީފް ގަޑި ނެގުން

14. ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން

15.ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން

16. ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

17. މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން

18.ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން

19.- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑި ނެގުން

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ،ރޭންކު 3

 

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު،ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލ 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޓީޗަރ،ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު،ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު،ޓީޗަރ،ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު،ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު،ޓީޗަރ،ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ؛

 

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި،ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

 

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި،ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއި،ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ،ރޭންކު 2

 

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު،ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ،ރޭންކު 1

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗިންގ (ޕްރައިމަރީ ،ސެކަންޑަރީ – ކިޔަވައިދޭ މާއްދާއިން ސްޕެޝަލައިޒްވެފައިވާ )

ޓީޗިންގ (ފިޒިކްސް)،ޓީޗިންގ (ބިޒްނަސް) ޓީޗިންގ (ކެމިސްޓްރީ)،ޓީޗިންގ (ބައޮލޮޖީ)،ޓީޗިންގ (ހޮސްޕިޓަލިޓީ)،  ޓީޗިންގ (ޓްރެވަލް އެންޑް ޓުއަރިޒަމް)،  ޓީޗިންގ (އިންގްލިޝް)،

 

ނޯޓް: ޓީޗަރެއްގެޒިންމާ އަދާކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީސަނަދެއް އޮންނަންޖެހޭތީ،ކިޔަވައިދޭ މާއްދާ އަށް ޚާއްޞަކުރެވިފައިވާދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ފަރާތްތަކުން،ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން،ޓީޗިންގ ދާއިރާގެ  ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއްފުރިހަމަކުރައްވާފައިވާނަމަ،އެ ސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުންކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ

ސްޕެޝިއަލިޒޭޝަން

ތަޢުލީމީ ރޮނގުތައް

ބިޒްނަސް ސްޓަޑީޒް

އެޑިޔުކޭޝަން،ޓީޗިންގ،ބިޒްނަސް ސްޓަޑީޒް

ފިޒިކްސް

އެޑިޔުކޭޝަން،ޓީޗިންގ،ފިޒިކްސް

އިނގެރޭސި

އެޑިޔުކޭޝަން،ޓީޗިންގ،އިނގެރޭސި

ބީޓެކް ހޮސްޕިޓަލިޓީ

އެޑިޔުކޭޝަން،ޓީޗިންގ،  ބީޓެކް ހޮސްޕިޓަލިޓީ

ޓްރެވެލް އެންޑް ޓުއަރިޒަމް

އެޑިޔުކޭޝަން،ޓީޗިންގ،  ޓްރެވެލް އެންޑް ޓުއަރިޒަމް

ކެމިސްޓްރީ

އެޑިޔުކޭޝަން،ޓީޗިންގ،ކެމިސްޓްރީ

ބަޔޮލޮޖީ

އެޑިޔުކޭޝަން،ޓީޗިންގ ބަޔޮލޮޖީ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ،އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި،ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި،ދައުލަތުގެ މުއައްސަސާއެއްގައި،ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި،ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި،ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ،ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

ޓީޗަރ ރޭންކު 1 ގެ ޝަރުތު ފުރިހަމަވުން

20

ޓީޗަރ ރޭންކު 2 ގެ ޝަރުތު ފުރިހަމަވުން

30

ޓީޗަރ ރޭންކު 3 ގެ ޝަރުތު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަވިއު

25

ޕްރެކްޓިކަލް

35

  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް،ސިވިލް ސަރވިސްގެއިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ،ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03  ފެބްރުއަރީ 2025 ގެ 13:00ގެ ކުރިން،ކަލައިދޫ ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( [email protected]  ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ،އެ ކަނޑައަޅާ ދުވަހުގެ  އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ،އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް / ޕްރެޒެންޓޭޝަން އޮންނާނީ، 05 ފެބްރުއަރީ 2025 އާއި 12 ފެބްރުއަރީ 2025 އާ ދެމެދު،ކަލައިދޫ ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800743  އަށެވެ. އީ-މެއިލް ކުރާނީ ( [email protected]  )  އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

 

                                   

                                       27 ޖަނަވަރީ 2025

 

 

                                       27 ޖަނަވަރީ 2025

 

27 ޖަނަވަރީ 2025
ހޯދާ