ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ އިން ތެލުގެ ވިޔަފާރި ކުރުމަށް ދިގުމުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުން

      މިއިދާރާގެ ނަންބަރ IUL)420-AS/420/2024/53) (19 އޮގަސްޓް 2024) ގެ އިޢުލާނާއި ގުޅިގެން ތެޔޮބިމަށް ހުށަހަޅާފައިވާ ހުށަހެޅުން ބާތިލްކޮށް އަލުން ޢިއުލާން ކުރުމަށް މިކައުންސިލްގެ 04 ވަނަ ދައުރުގެ 50 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ، ތިރީގައި ދެންނެވިފައިވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ތެލުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ.

      ވީމާ މި ބިންތަކުގައި ތެލުގެ ވިޔަފާރި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ބިމުގެ ތަފްޞީލް:

ނަންބަރު

ބިން ދޫކުރެވޭ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓް) އިން

ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ)

FS/P01/2024

ތެލުގެ ވިޔަފާރި ކުރުމަށް

1250

2500 ރުފިޔާ

FS/P02/2024

ތެލުގެ ވިޔަފާރި ކުރުމަށް

1250

2500 ރުފިޔާ

 

ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ.

 

ނަން ނޯޓް ކުރުން/

ރަޖިސްޓްރޭޝަން 

     ·  ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހު   10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު   ހުށަހަޅަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު   ހުށައެއްނޭޅޭނެއެވެ.

     ·  ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއަށެވެ.

     ·  ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ.       ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.

 

      ބޭންކް:                     ބޭންކް އޮފް މޯލްޑިވްސް

      ބޭންކް އެކައުންޓްގެ ނަން:          1471 ރެވެނިއު 1

      އެކައުންޓް ނަންބަރ:            001 700301 7710

      ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު:  7633734، 9692437 

 

 ޕްރީބިޑް މީޓިންގ /

 މަޢުލޫމާތު

 ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 04 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ގދ. ރަތަފަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

 ބިޑް (އަންދާސީ

 ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 13 ފެބްރުއަރީ 2025 ވާ ބްރާސްފަތި ދުވަހުގެ 10:00 ގައި ގދ.ރަތަފަންދޫ ކައުންސިލް އިދާރާގެ ލޮބީގައިއެވެ.
  • ބިޑް /ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ކޮންމެ ބިމަކަށް ވަކި ފޯމަކުން އަގު ހުށަހަޅަންވާނެއެވެ. މި ފޯމް ބީލަން ފޮތާއިއެކު ލިބިވަޑައިގަންނަވާނެއެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑް ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ގދ. ރަތަފަންދޫ  ކައުންސިލަށް ލިބިގެން ވެއެވެ.
  • ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
  • ގދ. ރަތަފަންދޫ، ދިވެހިރާއްޖެ،
  • ފޯން:  6841620 ނުވަތަ 6841628  (ރަސްމީ ގަޑީގައި)
  • އީމެއިލް: [email protected]

 

     ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ޖަނަވަރީ 2025
ހޯދާ