ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ. އިންނަމާދޫ، ދިވެހިރާއްޖެ
ނަމްބަރ: GS123/IUL/2025/01
އިޢުލާނު
ސްކޫލުގެ ދެވަނަ ޔުނިފޯމު ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި ސްކޫލް ދަރިވަރުން ބޭނުންކުރާ ދެވަނަ ޔުނީފޯމު (އެކްޓިވިޓީ ޔުނީފޯމު)، ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އަމިއްލަތަކެތީގައި ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 27 ވަނަ ދުވަހުން ފެށިގެން 2025 ފެބްރުއަރީ 03 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ނިޔަލަށް މި ސްކޫލުގެ ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވެލެއްވުމަށް ރަޖިސްޓްރޭޝަންފޯމު ފުރިހަމަކުރައްވައި، މި ސްކޫލުގެ އިދާރާއަށް ނުވަތަ ސްކޫލުގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުން |
03 ފެބުރުއަރީ 2025 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
05 ފެބުރުއަރީ 2025 |
ބުދަ |
13:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި ސްކޫލުގެ އިދާރާއިން އަދި މި އިޢުލާނާއިއެކު ގެޒެޓުގައިވާ ލިންކުން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިސްކޫލުން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
27 ރަޖަބު 1446
27 ޖެނުއަރީ 2025