މަޤާމު:
|
ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަން
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާރޓްމަންޓް:
|
އެގްޒަމިނޭޝަންސް
|
މަޤާމުގެ ރޭންކް:
|
09
|
ހަރުފަތް:
|
1
|
އަސާސީ މުސާރަ:
|
މަހަކު 18,838.00 ރުފިޔާ
|
ޖޮބް އެލަވަންސް:
|
މަހަކު 10,789.00 ރުފިޔާ
|
ހާޒިރީ އިނާޔަތް:
|
292.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
ވަޒީފާގެ ބާވަތް:
|
މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ އައްޔަނުކުރާނީ ޓެނުއަރޝިޕް މަޤާމެއްގޮތުގައެވެ)
|
ވަޒީފާގެ މުއްދަތު:
|
ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
|
އިނާޔަޔްތައް:
|
- ކޯޕަރޭޓް ހެލްތު އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތު އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
- ސްޓާފް ޖިމް ފެސިލިޓީ
- ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތުތައް:
|
- މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާތައް/ ޑިސިޕްލިންތައް:
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް
ތަޢުލީމީ ރޮނގުތައް: ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް
ޕްރިފަރޑް ޑިސިޕްލިންތައް: އެޑިއުކޭޝަން، އެޑިއުކޭޝަނަލް މެނޭޖްމަންޓް
ކޯ ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ޢާންމު މަސައްކަތްތައް
- އެކި ފަރާތްތަކަށް މަސައްކަތްތައް ބަހާލައިގެން، އެގްޒަމިނޭޝަންސް އާ ބެހޭ ބަޔަކީ އެންމެ އެދެވޭ ގޮތުގައި ހިންގާ ތަނެއްގެ ގޮތުގައި މެނޭޖްކުރުން.
- އިމްތިޙާނާ ބެހޭ ކަންކަމަށް ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދުވަހު ކުއްޔަށް ހިފާ މުވައްޒަފުން އަހުލުވެރިކުރުވުން.
- އޮމާންކޮށް އިމްތިޙާނުތަކާ ބެހޭ ކަންކަން ހިންގުމަށްޓަކައި، ކަމާ ބެހޭ އެންމެހާ ފަރާތްތަކާ އިޚްލާޞްތެރި ހެޔޮ ގުޅުންތައް އުފައްދައި ދެމެހެއްޓުން.
- އަތްދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިމްތިޙާނުތައް ރަނގަޅަށް ގެންދިއުމަށް ހަދަންޖެހޭ ގަވާޢިދުތައް ހަދައި، ހިންގައި، ވާނުވާ ބެލުން.
- އިމްތިޙާނުތައް ކުރުމަށް ނަމޫނާ މަރުކަޒުތަކުގައި ގެންގުޅޭ އުޞޫލުތައް އުނގެނި ކަމާ ބެހޭ ފަރާތްތަކަށް ބަދަލުކުރަން ފެންނަ ޕޮލިސީ ކަންތައްތަކާ މެދު ޚިޔާލު ހުށަހެޅުން.
- އިމްތިޙާނުތަކާ ބެހޭ ކަންކަންކުރުމަށް އެކުލަވައިލާންޖެހޭ އެސް.އޯ.ޕީ. ތައް ހަދައި، ތަންފީޒުކޮށް، މުރާޖަޢާކޮށް ބެލެހެއްޓުން.
- އެކި މާއްދާތަކުގެ އިމްތިޙާނުތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންކަމަށް ފަރިތަވުން.
- އިންވިޖިލޭޓަރުން މެނޭޖުކޮށް ތަމްރީނުކުރުން.
- އިމްތިޙާނަށް ފަހު ކަންކަމަށް އެދޭ ފަރާތްތަކާ މުޢާމަލާތްކުރުން.
- ދިމާވެދާނެ ކުއްލި ޙާލަތަކަށް ތައްޔާރީތައް ވުން.
ޔުނިވަރސިޓީގެ ފަރާތުން ހިންގާ ކޯސްތަކުގެ އިމްތިހާން ތައް ވިލަރެސްކޮށް ހިންގުން
- ޔުނިވަރސިޓީގެ ފަރާތުން ހިންގާ ކޯސްތަކުގެ މާއްދާތަކުގައި ހިމެނިގެންދެވޭ އިމްތިހާންތަކުގެ ތާވަލްރޭވުމާއި އެތާވަލާއި އެއްގޮތަށް އިމްތިހާންތައް އިމްތިޒާމުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ޔުނިވަރސިޓީގެ ފަރާތުންދެވޭ އިމްތިހާންތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކަމާބެހޭ ފެކަލްޓީ / ސުކޫލް / ސެންޓަރުތަކުގެ ކަމާ ބެހޭ އެންމެހާފަރާތްތަކާ އެކު ކުރުން. މި އިންތިޒާމުތަކުގެ ތެރޭގައި ހިމެނޭ އިމްތިހާން ތައްޔާރުކުރުން، އިމްތިޙާން ކަރުދާސްތައް ބަލައިގަތުން، އިމްތިހާނުތަކުގެ ނަޒާޙަތްތެރިކަން ހިފެހެއްޓުން، އިޞްލާހްކުރަންޖެހޭ ކަންކަން ފާހަގަކޮށްދިނުން، ކަރުދާސްތައް ޗާޕްކުރުން ފަދަ އެންމެހާކަންކަން ދުރާލާ ރާވާ ހަމަޖައްސައި ކަމާ ބެހޭ ފަރާތްތަކަށް އެންގުން.
- އިމްތިހާން ކަރުދާސްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމާއި، ޕޭޕަރ ލީކުވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ހަރުދަނާކަމާ އެކު އެޅުން.
- އިމްތިހާން ދިނުމުގެ ގޮތުން އެކުލަވައިލަންޖެހޭ ޤަވާއިދުތައް އެކުލަވާލައި، ފާސްކޮށް އެކަންކަން ހަމަހަމަގޮތެއްގައި އިންސާފުވެރިކަމާއެކު ތަންފީޒުކުރުން.
- އިމްތިހާންހަދާ ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ދުރާލާ ވަގުތު އޮއްވައި އެންގުމާއި، ހަމަހަމަގޮތެއްގައި އިންސާފުވެރިކަމާއެކު ތަންފީޒުކުރުން.
- އިމްތިހާންތައް ހިންގުމުގައި ރާވަންޖެހޭ އެންމެހާ ރޭވުންތައް ރާވައި، ކަމާއިބެހޭ ފެކަލްޓީ/ ސުކޫލް/ ސެންޓަރ / ކެމްޕަސް / ލާރނިންގް ސެންޓަރ/ ޑިޕާރޓްމަންޓް / ސެކްޝަންތަކާއި ގުޅިގެން އިމްތިޙާން ދިނުމަށް ބޭނުންވާ ވަޞީލަތްތައް އިންތިޒާމުކުރުމާއި، އިމްތިހާނަށް ދަރިވަރުން އަންނައިރު ކަށަވަރު ކުރަންޖެހޭ އެންމެހާކަންކަން އިންތިޒާމުކުރުން.
- އިމްތިހާން ހަދާ ދަރިވަރުންގެ ކަންކަން އިންތިޒާމްކުރުމާއި، އިމްތިހާނުގައި ބައިވެރިވާ ކެމްޕަސް ބަދަލުކުރުން، އިމްތިހާނުގައި ބައިވެރިނުވުން ފަދަ ކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަންގަންޖެހޭ އެންމެހާ ފަރާތްތަކަށް އެންގުން.
- އިމްތިހާން އޮންނަ މުއްދަތުތަކުގައި އިންވިޖިލޭޝަންއަށް ބޭނުންވާ އެންމެހާކަންކަން އިންތިޒާމުކުރުން.
- އިމްތިހާންތައް ނިމުމުން ރައްކާތެރިކަމާއެކު ކަމާބެހޭ ފެކަލްޓީ/ ސުކޫލް/ ސެންޓަރތަކަށް ކަރުދާސްތައް ރައްދުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
- ކޮންމެ އިމްތިހާނެއް ނިމުމުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ރިޕޯރޓެއް އެކުލަވާލުމާއި، އެރިޕޯރޓް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ އިސްލާހު ކުރެވިދާނޭ އެންމެހާކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރުން.
- ޤަވާއިދު ތަކާއި ހަމަޖެހިފައިވާ އުސޫލުތަކާ ޚިލާފަށް ކަމެއް ހިގިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރުމާއި، އެފަދަ ފުރުޞަތެއް ލިބިދާނޭކަމަށް ބެލެވޭ ކަންކަން އިޞްލާހް ކުރަމުން ގެންދިއުން.
- އިމްތިޙާނުތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާއާއި، ނޭދެވޭ ކަންކަން ހިނގާނަމަ އެކަންކަން ހުއްޓުވުމާއި، ޔުނިވަރސިޓީއިން ދެވޭ އިމްތިހާންގެ ސައްހަކަން ކަށަވަރުކުރުން.
- ކިޔަވައިދޭ މާއްދާތަކާއި، ދެވޭ އިމްތިޙާންތަކާއި، އެއިމްތިހާންތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާ އިސްލާހު ކުރުމަށް މަސައްކަތް ކުރުން.
ލައިސަންސިންގ އިމްތިހާންތަކާއި އެހެނިހެން ފަރާތްތަކުން އެދިގެން ބާއްވައިދޭ އިމްތިހާންތަކުގެ ކަންކަން ވިލަރެސް ކުރުން.
- ސަރުކާރާއި އެހެނިހެން ޖަމުއިއްޔާ ޖަމާއަތްތަކުން އެދިގެން ބާއްވައިދޭ ލައިސަންސިންގ އިމްތިހާން ތަކުގެ ޝެޑިއުލް ތައްޔާރުކުރުމާއި، އިމްތިހާން ދިނުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ހިންގުން.
- ލައިސަންސިންގ އިމްތިހާންތަކު ޝެޑިއުލް ހެދުމާއި. އިޢުލާނު ކުރުމާއި އިދާރީ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި، އިމްތިހާން ދިނުމަށް އިންތިޒާމުތައް ކުރުމާއި މިކަމާއި ގުޅިގެން ދިމާވާ އެންމެހާ ކަންކަން ވިލަރެސްކުރުން.
- އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތަކުން ދޭންޖެހޭ އިމްތިހާންތައް ވިލަރެސްކޮށްދިނުމަށް ޔުނިވަރސިޓީގެ ފަރާތުން ނިންމައިފިނަމަ އެފަދައިމްތިހާންތައް ދިނުމަށް ކުރަންޖެހޭ ކަންކަން އެފަދަ ޖަމުޢިއްޔާ / ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ބޭރުގެ ޔުނިވަރސިޓީ/ ކޮލެޖް ފަދަތަނެއްގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރެއްގެ އިމްތިހާން ޔުނިވަރސިޓީގެ ފަރާތުން ވިލަރެސްކޮށް ބަލައިދިނުމަށް އެދެފިނަމަ އަދި އެކަން ކުރުމަށް ނިންމައިފިނަމަ އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމާއިބެހޭ ފެކަލްޓީ / ސުކޫލް / ސެންޓަރ އާކައި ގުޅިގެން އިންތިޒާމުކޮށް އިމްތިހާން ހިންގުން.
އިމްތިޙހާނުތަކާ ބެހޭ ތަފާސް ހިސާބުތައް ތައްޔާރުކުރުން
- ޔުނިވަރސިޓީގެ ކަންކަންކުރިއެރުވުމަށް ނިންމުންތައް ނިންމުމަށް ބޭނުންވާ އިމްތިހާންތަކާ ބެހޭ ތަފާސް ހިސާބުތައް އެއްކޮށް ފޯރުކޮށްދިނުން.
- ތަފާސް ހިސާބުތަކުން ފާހަގަވާ ކަންތައްތަކާ މެދު ފިޔަވަޅު އެޅުމަށް ސުޕަރވައިޒަރަށް އިރުޝާދު ދިނުން.
އިމްތިހާނުތަކުގެ ރިޕޮޒިޓަރީއެއް ބެލެހެއްޓުން
- ދަރިވަރުންގެ މަންފާއަށް، ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއަރޒް) އަންގާ ގޮތެއްގެ މަތިން، މާއްދާތަކުގެ ކުރީގެ އިމްތިހާނު ކަރުދާސްތައް ވެބްސައިޓަށްލައި ބެލެހެއްޓުން.
ލީޑަރޝިޕާއި އިދާރީހިންގުން
- މުވައްޒަފުންލެއްވުމާއި، މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި، އެކަންކަން ތަންފީޒް ކުރުމުގައި އެހީތެރިކަން ދިނުން.
- ޑިޕާޓްމަންޓްގެ މެންޑޭޓާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެ މެނޭޖްމަންޓް ނިޒާމެއް ޑިޕާޓްމަންޓްގައި ގާއިމްކޮށް އެ ފަދައިން ކަންކަން ރާވާ ހިންގުން
- ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން
- މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ކަލްޗަރެއް ތަނުގައި އަށަގަންނަވައި ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
- މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޑިޕާޓްމަންޓްގެ އެކްޝަން ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒު ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
- ޑިޕާޓްމަންޓުގައި ކުރެވުނު މައިގަނޑު މަސައްކަތްތަކާއި ތަފާސް ހިސާބާއި ހިންގުން ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެޅުނު ފިޔަވަޅުތަކާ ބެހޭ ރިޕޯޓް ކަނޑައަޅާފައިވާ ސުންގަޑިއަށް ސުޕަރވައިޒަރަށް ހުށަހެޅުން.
މުޢާމަލާތާއި ގުޅުންތައް
- ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން
- ޕަބްލިކް ރިލޭޝަންސް ކަންތައްތައް ހަރުދަނާކޮށް ރާވައި އޯވަރސީ ކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ޖަލްސާތަކުގައި ޑިޕާޓްމަންޓް ނުވަތަ ޔުނިވަރސިޓީ ތަމްޞީލުކުރުން.
ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން
- މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް ދެނެގަނެ، ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ހޯދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
- ތަނުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ދިނުމާއި ތަކެތީގެ ފުރިހަމަ ބޭނުންކުރުމަށް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
- ތަނުގެ ބަޖެޓް އެކުލަވައިލުމުގައްޔާއި ބަޖެޓަށް ވާނުވާ ބެލުމުގައްޔާއި ތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ބަޖެޓުން ޚަރަދުކުރުމަށް އެހީތެރިވުން
- ޑިޕާޓްމަންޓްގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން އައި.ޓީ. ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
- ޕާސްޕޯޓް ސައިޒް ފޮޓޯ
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
13 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://forms.clickup.com/3609495/f/3e4wq-108955/APGJAQ4JGGE72SA9A6
|
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 18 މާރިޗު 2025 އާ 17 އެޕްރީލް 2025 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
ސަމާލުކަމަށް:
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|