ދިވެހިރާއްޖެ
ކޮޅުމަޑުލު ވިލުފުށީ ބަނދަރުމަތީގައި ރަށުގެ ނަން އިނގޭގޮތަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ބޭއްވޭ މުބާރާތުގައި ބައިވެރިވުމަށް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންނަށް، ވިލުފުށީ ކައުންސިލުން ދަޢުވަތު އަރުވަމެވެ. މި މުހިންމު މަޝްރޫޢުގެ މަޤްޞަދަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ ނަމާއި އެކު، ރަށުގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ބިނާއެއް ބަނދަރުމަތީގައި ތަރައްޤީ ކުރުމެވެ.
މި މުބާރާތުގައި ބައިވެރިވެ، އެންމެ ރަނގަޅު މޮނިއުމެންޓު ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް -/15،000 (ފަނަރަހާސް) ދިވެހިރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 10 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ޑިޒައިންތައް ހުށަހަޅަންވާނީ މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އެނޫން ގޮތަކަށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
މި މުބާރާތާއި ގުޅޭ ތަފްސީލް ހިމެނޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.