ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ޖަނަވަރީ 2025 10:27 ގައި ބާތިލް ކުރެވިފައެވެ.
މަޤާމު: މަސައްކަތު/ ސްކިލްޑް
މަޤާމުގެ އަދަދު: 1
މަޤާމުގެ ގިންތި: ވޭޖު
މުއްދަތު: 1 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ
މުސާރަ: މަސައްކަތް ކުރާ ދުވަހަކަށް -/120 ރުފިޔާ
ރިސްކް އެލަވަންސް: މަސައްކަތް ކުރާ ދުވަހަކަށް -/100 ރުފިޔާ
ހާޒިރީ އެލަވަންސް: މަސައްކަތް ކުރާ ދުވަހަކަށް -/100 ރުފިޔާ
ފުޑް އެލަވަންސް: މަސައްކަތް ކުރާ ދުވަހަކަށް 63/40 ރުފިޔާ
މަސައްކަތް އޮންނަ ދުވަހާއި ގަޑި: ހަފުތާއަކު 5 ދުވަހު، ދުވާލަކު 6 ގަޑިއިރު
އެހެނިހެން އެލަވަންސް:
- ރަމަޟާން މަހުގެ ޢިނާޔަތް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި އިމާރާތްތަކާއި އެހެނިހެން ތަންތާގައި ކުރަންޖެހޭ އެކިކަހަލަ މަރާމާތުތައް ކުރުން.
- ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރުން.
- ކައުންސިލްގެ ލާންޗުއާއި އެހެނިހެން އުޅަދުތަކާއި ވެހިކަލްތައް ބެލެހެއްޓުމާއި މަރާމާތުކުރުން.
- ކައުންސިލް ލާންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
- ކައުންސިލުން ކުރިއަށްގެންދާ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުމާއި ޖަވާބުދާރީވުން.
މަޤާމުގެ ޝަރުޠުތައް
1- ލިޔަންކިޔަން އެނގުން
2- ކަނޑު އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
3- ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
4- މަގާމުގެ މަސައްކަތް އެނގުން
5- ސިމެންތި މަސައްކަތް ކުރަން އެނގުން
މަޤާމުގެ އެހެނިހެން ޝަރުތުތައް
1- ވެލްޑިންގ މަސައްކަތްކުރަން އެނގުން
2- ކަރަންޓް ވައިރުކުމުގެ މަސައްކަތް އެނގުން
3- ފެންވައިރުކުރުމުގެ މަސައްކަތް އެނގުން
ގުޅޭ ވަޒީފާގެ ދާއިރާތައް
1- ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތް
2- ލާންޗުގެ ފަޅުވެރިކަން/ކެޕްޓަންކަން
3- އެގަމު އުޅަދުގެ ޑްރައިވަރުކަން
4- ވަޑާމުގެ މަސައްކަތް
5- ސިމެންތީގެ މަސައްކަތް
6- ވެލްޑިންގ މަސައްކަތް
7- ކަރަންޓް ވައިރުކުރުމުގެ މަސައްކަތް
8- ފެންވައިރުކުމުގެ މަސައްކަތް
ހުށަހަޅަންޖެހޭ ލިޔެކިއުންތައް
- ފުރިހަމަކޮށްފައިވާ ކިނބިދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
# |
ޕޮއިންޓް ދިނުމުގައި ބެލެވޭނެ ކަންތައްތައް |
ޕޮއިންޓްގެ ޖުމުލަ |
1 |
އިންޓަވިއު |
40% |
2 |
ޕްރެކްޓިކަލް |
35% |
3 |
ކަނޑު އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް |
20% |
4 |
އެއްގަމު އުޅަދުގެ ލައިސަންސް |
5% |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ފެބްރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ކިނބިދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ 05 ފެބްރުވަރީ 2025 އާއި 13 ފެބްރުވަރީ 2025 އާ ދެމެދު ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، ދެންނެވުނު ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
26 ރަޖަބް 1446