ދިވެހިރާއްޖެ
މަސްޖިދުލް ޚަތީބު މުޙައްމަދު ތަކުރުފާނުގެ ވުޟޫކުރާތަނާއި މިސްކިތާއި ދޭތެރޭ ވޯކްވޭއެއް ހެދުމަށް ކުރިން ކުރެވުނު އިޢުލާން ނަމްބަރ (IUL)409/409/2024/05 ގެ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުންކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަން ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
04.02.2025 |
އަންގާރަ |
11:00 |
މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
26 ރަޖަބް 1446