މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Mefnac Suspension 50mg/5ml އަދި Axcel Mefenamic acid Suspension 125mg/5ml ކުރިއެކޭ އެއްގޮތަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތު

   މާލެ،  

 ދިވެހިރާއްޖެ،

  (IUL)182-REG/182/2025/7 :ނަންބަރ

އެލާރޓް

މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)182-REG/23/2024/10 އިން ވަގުތީ ގޮތުން އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކުރެވިފައިވާ ތިރީގައިވާ ބޭސްތައް، މާރކެޓުން ލިބެންހުރި ބެޗްތަކުގެ ސާމްޕަލް ނަގާ އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ބޭހުގެ ރައްކާތެރިކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެހެންކަމުން، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މިދެބޭސް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދެބޭސް އިމްޕޯރޓް ކުރައްވާއިރު ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އެނަލައިސިސް ރިޕޯރޓް WHO ޕްރިކޮލިފައިޑް ލެބޯރެޓަރީ އަކުން ހުށަހަޅުއްވަންވާނެއެވެ.

Manufacturer Product Name #
Efroze Chemical Industries (Pvt.) Ltd, Pakistan

Mefnac Suspension 50mg/5ml

(Mefenamic Acid)

1
Kotra Pharma (M) Sdn. Bhd., Malaysia

Axcel Mefenamic acid Suspension 125mg/5ml

(Mefenamic Acid)
2

 

މިކަމާބެހޭ އިތުރު މައުލޫމާތު މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބޭނޭ ވާހަކަ މައުލޫމާތައް ޓަކައި ދެންނެވީމެވެ.

 

26 ޖަނަވަރީ 2025
ހޯދާ