މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލްޑް ޑްރަގްސް ލިޔުމަށް ބޭނުންކުރާ "ބްލޫ ޕްރިސްކްރިޕްޝަން" ފޮތް ގަތުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތް

މާލެ،                                               

ދިވެހިރާއްޖެ

  (IUL)182-Enf/182/2025/4 :ނަންބަރު       

އިޢުލާން

ކޮންޓްރޯލްޑް ޑްރަގްސް ލިޔުމަށް ބޭނުންކުރާ "ބްލޫ ޕްރިސްކްރިޕްޝަން" ފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެމް ސެވެން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް (އެމް ސެވަން ޓަވަރުގެ ފުރަތަމަ ފަންގިފިލާ، އަމީނީމަގު) އިން   މި ފޮތް ލިބެން ހުންނާނެއެވެ. މީލާދީ އައު އަހަރު ފެށުމާއެކު ކޮންޓްރޯލްޑް ޑްރަގް ލިޔުމަށް ބޭނުންކުރާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދާތީ މިކަން ހަމަޖެހިފައިވާގޮތް މި އިޢުލާންގައި ބަޔާން ކުރަމެވެ.

ސީރިއަލް ނަންބަރާއި އެކު އަހަރު ޖަހާފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ މުއްދަތު
ސީރިއަލް ނަންބަރާއެކު އަހަރު 2023 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް. 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިއަލަށް (މީލާދީ 3 އަހަރު).
ސީރިއަލް ނަންބަރާއެކު އަހަރު 2024 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް. 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިއަލަށް (މީލާދީ 3 އަހަރު).
ސީރިއަލް ނަންބަރާއެކު އަހަރު 2025 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް. 2027 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިއަލަށް (މީލާދީ 3 އަހަރު).

އަދި 2025 ޖަނަވަރީ 01 އިން ފެށިގެން ބޭނުން ކުރެވޭނީ ސީރިއަލް ނަންބަރާއެކު 2023، 2024 އަދި 2025 ވަނަ އަހަރު ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތްތަކެވެ.

ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާން ކުރަމެވެ. އިތުރު މައުލޫމާތު މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބޭނޭ ވާހަކަ މައުލޫމާތައް ޓަކައި ދެންނެވީމެވެ.

26 ޖަނަވަރީ 2025
ހޯދާ