އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ ނޫކޮކާމަގާއި އައިމަލިހިނގުން ގުޅުނު ހިސާބުން ފެށިގެން ހަވީރީހިނގުމަށް ނިކުމެވޭގޮތަށް 30 ފޫޓްގެ ފުޅާމަގެއް ހެދުމާއި ގުޅޭ

އިޢުލާން

 

ހިތަދޫ ނޫކޮކާމަގާއި އައިމަލިހިނގުން ގުޅުނު ހިސާބުން ފެށިގެން ހަވީރީހިނގުމަށް ނިކުމެވޭގޮތަށް 30 ފޫޓްގެ ފުޅާމަގެއް ހެދުމާއި ގުޅޭ

ހިތަދޫ މައިލޯދަނޑުގެ ދެކުނުން އޮންނަ ނޫކޮކާމަގާއި އައިމަލިހިނގުން ގުޅުނު ހިސާބުން ފެށިގެން ހަވީރީހިނގުމަށް ނިކުމެވޭގޮތަށް 30 ފޫޓުގެ ފުޅާމަގެއް ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފަވާތީ އެމަގަށް އަރާ އޮޅުތައް ނެގޭނެ ވާހަކަ ދެންނެވީމެވެ. އެހެންކަމުން މިސަރަޙައްދުގައި ކެޔޮގަހާއި އަލަގަސް ހެދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން 25 ޖަނަވަރީ 2025 އިން ފެށިގެން 10 (ދިހަ) ދުވަހުގެ ތެރޭގައި ކެޔޮގަހާއި އަލަގަސްތައް ނެގުމަށް ދެންނެވީމެވެ.

 އަދި ދެންނެވުނު މުއްދަތު ހަމަވުމަށްފަހު މަގުހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ނުނަގާ މަގަށް އަރާގޮތަށް ހުންނަ ކެޔޮގަހާއި އަލަގަސްތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ހިތަދޫ އަވަށު އޮފީހުން ނުނަގާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

25 ރަޖަބު   1446

25 ޖަނަވަރީ 2025

25 ޖަނަވަރީ 2025
ހޯދާ