މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޑެސްޓިނޭޝަން ގައިޑް ޕްރިންޓް ކުރުން

 

 (IUL)MMPRC-PROC/1/2025/9 :ނަންބަރު

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޑެސްޓިނޭޝަން ގައިޑް  2025 ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ދެވަނަ އިއުލާން ނަންބަރު (IUL)MMPRC-PROC/1/2024/66 ކެންސަލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރި ކޮށް އެޓޭޗް ކުރެވިފައިވާ އާރްއެފްޕީގައި ވާ ގޮތުގެމަތީން ރަޖިސްޓްރީ ކޮށް، 2025 ޖަނަވަރީ 29 ވާ  ބުދަ ދުވަހުގެ  މެންދުރުފަހު 13:00  އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. 

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                      25 ރަޖަބް 1446

                    

25 ޖަނަވަރީ 2025
ހޯދާ