މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ



އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު:    އެސިސްޓެންޓް ކައުންސިލް އޮފިސަރ
މަޤާމުގެ ނަންބަރު:    J-407503
ބޭނުންވާ އަދަދު:    1 (އެކެއް)
މަޤާމުގެ ގިންތި:    ދާއިމީ
މަޤާމުގެ ރޭންކު:    ޖީ.އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން:    މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ
މުސާރަ:    4465.00 – ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް:    1500.00 – ފަނަރަ ސަތޭކަ ރުފިޔާ (މަހަކު)
އެހެނިހެން އެލަވަންސް:    •    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ  -/700 (ހަތް ސަތޭކަ) ރުފިޔާ
•    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35 ފައިސާ   (75/1562 ރުފިޔާ)
•    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
•    ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
•    ސިވިލް ސަރވިސްގެ އެރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭނަމަ، އެ ޢަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ.
•    ސިވިލް ސަރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
•    ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ އެލަވަންސް                                                                         
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    •    ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފާ އާއި އިރުޝާދުގެމަތިން ކުރުން.
•    ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
•    ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
•    ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
•    ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީ-ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
•    ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.
•    ކައުންސިލްގެ އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
•    ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.
•    ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުން.
•    ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.
•    ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.
•    ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
•    ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
•    ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
•    ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.
•    ކައުންސިލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް  ކުރުން.
މަޤާމުގެ ޝަރުޠުތައް:    1.    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލުކޮށްފައިވުން. ނުވަތަ؛
2.    ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
     މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް
    މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
އެޑްމިނިސްޓްރޭޝަން
މެނޭޖްމެންޓް
    ޕްރިފަރޑް ޑިސިޕްލިންތައް:
    ކޯ ޑިސިޕްލިންތައް:
ނެތް
     
ހުށަހަޅަންޖެހޭ ލިޔުންތައް:
     1.    ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، ކައުންޓަރުން، އަދި ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުންލިބެންހުންނާނެއެވެ .އަދި ތިރީގައި މިވާ ލިންކުން ފޯމް ޑައުންލޯޑްކުރެވޭނެއެވެ.
(ލިންކް:-https://www.csc.gov.mv/download/2023/51/Annex%202%20- %20Application%20form1pnd4eve.a2u.docx)
2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4.    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5.    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6.    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:    މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
އަސާސީ ޝަރުތު ހަމަވުން    %30
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު    %5
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ    %5
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)    %25
އިންޓަރވިއު    %35
 
 
 
 
ނޯޓް:މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:    މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ފެބުރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނ.ފޮއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
     މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 05 ފެބުރުއަރީ 2025 ން  10 ފެބުރުއަރީ 2025 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ނ.ފޮއްދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން    އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560016 ނަންބަރު ފޯނާއެވެ. އީ-މެއިލްކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2025
ހޯދާ