ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިލެކްޓްރިކް ޕެނަލް ބޯޑެއް ހޯދުން                                ނަންބަރ: IUL/GS01/GS01/2025/06

މި ސްކޫލަށް އިލެކްޓްރިކް ޕެނަލް ބޯޑެއް ހަދައި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 02 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން https://bit.ly/3rtCbaB އަށް ރަޖިސްޓްރީވުމަށްފަހު، ، 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.  އަދި މިއިއުލާނާއެކު މައުލޫމާތު ޝީޓް އެޓޭޗްކުރެވިފައިވާނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

01-   ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

02-   ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

03-  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

04-  މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  02 ފެބްރުއަރީ ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މިސްކޫލަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

05-   ބީލަން ހުޅުވުން އޮންނާނީ 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ11:05 ގައި  މިސްކޫލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                 23 ރަޖަބު 1446                   

23 ޖެނުއަރީ 2024

 

 

23 ޖަނަވަރީ 2025
ހޯދާ