ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2024/225B
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ބޭނުންވާ ފަޔަރވޯލް 1 އަހަރުގެ ލައިސެންސް އާއި އެކު ސަޕްލައިކޮށް އަދި ކޮންފިގަރ ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2024/225A އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
Item |
Description |
Qty |
1 |
Supply of Enterprise Core Firewall |
02.00 |
2 |
Supply of License for the Firewall (1 Year) |
02.00 |
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފައްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ. އިޢުލާނު ނަންބަރު H/IUL/2024/225A އާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީ-މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
2025 ޖަނަވަރީ 26 އިން 2025 ޖަނަވަރީ 30 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
2025 ޖަނަވަރީ 26 އިން 2025 ޖަނަވަރީ 30 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
2025 ފެބުރުވަރީ 2 (އާދީއްތަ) |
10:00ގައި |
އަގު ހުށަހެޅުން |
2025 ޑިސެންބަރު 9 (އާދީއްތަ) |
10:00ގައި |
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
23 ރަޖަބް 1446
23 ޖަނަވަރީ 2025
ނޯޓް:
- މި އިއުލާނަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބާޠިލު ކުރެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބީލަން ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123/3034673 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ procurement@stelco.com.mv މި އެޑްރެހަށެވެ.