ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރަމުންދިޔަ މަހިންދްރަ ބޮލެރޯ އާއި ސްކޯޕިއޯ ވެހިކަލްތައް އަދި ޔަމަހާ ސައިކަލްތަކުގެ ސްޕެއަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރަމުންދިޔަ މަހިންދްރަ ބޮލެރޯ އާއި ސްކޯޕިއޯ ވެހިކަލްތައް އަދި ޔަމަހާ ސައިކަލްތަކުގެ ސްޕެއަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް އަގު ހުށަހެޅުމަށް (NL04 ފޯމު) މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2025 ފެބުރުވަރީ 4 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2025 ފެބުރުވަރީ 5 ވަނަ ދުވަހު 10:00 (ހެނދުނު) ގައި ޕޮލިސް ވެހިކަލް ގަރާޖުގައެވެ.
- ނީލަން ކިއުން އޮންނާނީ، 2025 ފެބުރުވަރީ 6 ވަނަ ދުވަހުގެ 10:00 (ހެނދުނު) ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ސިޓީން އަގު ހުށަހަޅައިގެންނެވެ. ނީލަމަށް އަގުހުށަހަޅާނީ، ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށްގެންނެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން އިއުލާން ނަންބަރާއި، "ވެހިކަލް އަދި ސައިކަލް ސްޕެއަރ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
23 ޖަނަވަރީ 2025
ހޯދާ