ދިވެހިރާއްޖެ
ނަންބަރ:HDFC/HDFC/2025/7(IUL)
އެޗް.ޑީ.އެފް.ސީ ގެ ބޭނުމަށް ގުދަނެއް/ވެއަރހައުސެއް ކުއްޔަށް ހިފުމާއިގުޅޭ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ބޭނުމަށް ހަދާ ނިންމާފައިހުރި ގުދަނެއް/ވެއާރހައުސެއް 5 އަހަރު ދުވަހަށް ވަގުތުން ކުއްޔަށް ހިފަން ބޭނުންވެއެވެ. މިތަނަކީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަމުގައި ވާންވާނެއެވެ.
1- ތަނަކީ 1000 އަކަފޫޓާއި 700 އަކަފޫޓާއި ދެމެދުގެ މާލޭގައި ނުވަތަ ހުޅުމާލޭގައި ހުރި ތަނެއްކަމުގައި ވުން.
2- ތަނަކީ ރީތިކޮށް ހަދާ، ކުލަލައި، ރަގަޅަށް ވައިރުކޮށް ލައިޓް ހަރުކޮށްފައި ހުރި ތަނެއްކަމުގައި ވުން.
3- ތަނަށް ވަކިން ކަރަންޓު/ފެން ލާފާ ހުރުން.
4- ގަރައުންޑް ފްލޯ ނޫންނަމަ ތަކެތި އަރުވާ ބޭލޭ ވަރުގެ ލިފްޓެއް ހަރުކޮށްފައި ހުރުން.
5- ފަސޭހައިން ތަނައް ވަދެ ނިކުމެވޭ ގޮތައް ހުރުން.
6- ތަން ހުންނަންވާނީ ފެނުގެ އަސަރު ނުކުރާނެހެން ރަގަޅަށް ފަރުމާކޮށް ތަނުގައި ރައްކާކުރެވޭ ތަކެއްޗަށް ގެއްލުން ނުވާނެހެން އިންތިޒާމު ކުރެވިފައި.
ވީމަ މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.، ހ.މިއަލަނި، ސޯސަންމަގު، މާލެ 3 ވަނަ ފަންގިފިލާ އަށް ނުވަތަ [email protected] އަށް ލެޓަރ އޮފް އިންޓަރެސްޓް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހެޅުމުގައި ހިމަނަންޖެހޭ ލިޔެކިޔުންތައް
1- 5 އަހަރު ދުވަހަށް ހުށަހަޅާ ކުލީގެ ތަފްސީލް
2- އެޑްވާންސް ނަގަން ބޭނުން ވާނަމަ އޭގެ ތަފްސީލް
3- ތަނުގެ ވެރިފަރާތް އެނގޭ ލިޔުމެއް
4- ތަނުގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
5- ތަނުގެ އޭރިއާ / ބޮޑުމިން
6- ތަނުގެ ކުރެހުމާއި ފޮޓޯ
ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނޭ ފަދަ ގޮތަކަށެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ ހެނދުނު 09:00 އާއި މެންދުރު 14:00 ދެމެދު 9188862 އަށް ގުޅުއްވުން އެދެމެވެ.