މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފުޑް ކޮލިޓީ އެޝޫރެންސް ކޯޑިނޭޓަރ

މަޤާމުގެ ނަންބަރު

           J-407751

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް.އާރ 8 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ފުޑް ކޮންޓްރޯލް ޑިވިޝަން/ ފުޑް ކޮލިޓީ އެޝޫރަންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

-/12,332 ރުފިޔާ

ސަރވިސް އެލަވަންސް

-/5,755 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް. (01 މެއި 2023ގެ އިސްލާހާއި އެއްގޮތަށް)
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް -/156

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ފުޑް ކޮލިޓީ އެޝުއަރެންސް ސެކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ކުރުމަށް ކަނޑައަޅާ މަސައްކަތްތައް މުވައްޒަފުންނަށް އައްޔަން ކުރުމާއި، މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބެލެހެއްޓުން އަދި ޕާރފޯމެންސް އެޕްރޭޒަލް ހެދުން.

2. ރާއްޖޭގައި ބޭނުންކުރުމަށް ކާބޯތަކެތި އުފައްދާ އަދި ބަންދުކުރާ ތަންތަން ރަޖިސްޓަރކުރުމާއި، މިފަދަ ތަންތަން އިންސްޕެކްޓުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން.

3. އަމިއްލަ ދިރިއުޅުމަށްޓަކައި ގޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ދަފްތަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން. 

4. ފުޅީގައި ބަންދުކޮށްގެން އުފައްދާ ފެނާއި އަދި ތައްޔާރީ ބުއިންތައް އުފައްދާ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި، އެފަދަ އުފެއްދުންތައް އުފައްދާ ކާރުޚާނާތައް އިންސްޕެކްޓުކޮށް ހުއްދަ ދިނުމުގެ މަސައްކަތްތައް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން. 

5. ކާބޯތަކެތި ރައްކާކޮށް ގުދަން ކުރާ ތަންތަން ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކުރުމާއި، އިންސްޕްކްޓުކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން.

6. ރާއްޖެއިން ކާބޯތަކެތި އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި، އެކްސްޕޯޓް ކުރުމަށްޓަކައި ކާބޯތަކެތި ބަންދުކުރާ ކާރުޚާނާތައް ރަޖިސްޓްރީކޮށް އިންސްޕެކްޓު ކުރުމާއި، އެތަންތަނުގައި މަސައްކަތްކުރާ ކޮލިޓީ ކޮންޓްރޯލަރުން އެޕްރޫވު ކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން.

7. އެކްސްޕޯޓު ކުރުމަށްޓަކައި މަސްވެރިކަންކުރާ އުޅަނދުފަހަރުތަކުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން.

8. ކާބޯތަކެތި އުފެއްދުމުގެ އެކި މަރުހަލާތަކުގައި ބޭނުންކުރާ ގަނޑުފެން އުފައްދާ ޕްލާންޓުތައް ރަޖިސްޓްރީކޮށް އިންސްޕެކްޓު ކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ތަންފީޒު ކުރުން.

9. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަށް ހެލްތު ކްލިއަރެންސް ދިނުމުގެ މަސައްކަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮށް ދިނުން.

10. ފުޑް ކޮލިޓީ އެޝުއަރެންސް ސެކްޝަންގެ މަސައްކަތްތަކަށް މުވައްޒަފުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތައް އަހުލުވެރިކުރުމުގެ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރޭވުމާއި ޑިވިޝަންގެ އެހެނިހެން ސެކްޝަންތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.

11. މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ ޕޯޓަލް (ދިރިތި ޕޯޓަލް)ގެ އެޑްމިނިސްޓްރޭޓަރގެ މަސައްކަތް ޑިވިޝަން ހެޑްގެ ލަފާގެ މަތިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން.

12. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމް އަދި ވޯކް ޝޮޕްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި އަދި ތަމްރީނު ދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން.

13. ކާބޯތަކެއްޗާއި ގުޅޭ މިންގަނޑުތައް އެކުލަވާލުމުގައި ފުޑް ރެގިއުލޭޓްރީ ޕްރޮގްރާމްސް ސެކްޝަންގެ މަސައްކަތުގައި އެހީތެރިވެދިނުމާއި ކޮލިޓީ އެޝުއަރަންސް ސެކްޝަންގެ އެސް.އޯ.ޕީތައް ހެދުމުގެ މަސައްކަތް ކުރުން.

14. އެމް.އެފް.ޑީ.އޭގެ ފުޑް ކޮންޓްރޯލް ޑިވިޝަންގައި އެކުލަވާލާފައިވާ ސައިންޓިފިކް ކޮމެޓީ / ޕެނަލްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ބައިވެރިވުމާއި އެ ކޮމެޓީ / ޕެނަލްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން.

15. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީގެ ޕޮލިސީއާއި ޕްރޮސީޖަރ އާއި އެއްގޮތަށް ސްޕަވައިޒަރ ލަފާގެ މަތިން ކުރުމާއި، އަދި ޚިދުމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީ ގޮތެއްގައި މަސައްކަތް ކުރުން.

16. މީގެ އިތުރުން ވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި ޞިއްޙީ އެމަރޖެންސީތަކާއި ކާރިސާތަކުގައި ޢަމަލީ ގޮތުން ބައިވެރި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެގްރިކަލްޗަރަލް އެންޑް ފުޑް ޑޭޓާ މެނޭޖްމަންޓް  
  • އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް  
  • އެގްރިކަލްޗަރަލް ބަޔޯ ޓެކްނޯލޮޖީ  
  • އެގްރިކަލްޗަރަލް ކެމިސްޓްރީ  
  • އެގްރިކަލްޗަރަލް ފުޑް ޓެކްނޮލޮޖީ  
  • އެގްރިކަލްޗަރަލް ފުޑް އެންޑް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަލިސިސް  
  • އެގްރިކަލްޗަރަލް ސައިންސް  
  • އެގްރި-ފުޑް ބިޒްނަސް މެނޭޖްމަންޓް  
  • އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް  
  • އެގްރި-ސަސްޓެއިނަބިލިޓީ އެންޑް ޓެކްނޯލޮޖީ  
  • އެގްރޯ ބަޔޯ ޓެކްނޯލޮޖީ  
  • އެގްރޯ ކެމިކަލްސް  
  • އެގްރޯ ފުޑް ޗެއިން  
  • އެނަލިޓިކަލް ކެމިސްޓްރީ  
  • އެންވަޔަރަންމަންޓަލް ބަޔޯ ޓެކްނޮލޮޖީ  
  • އެންވަޔަރަންމަންޓަލް ބަޔޮލޮޖީ  
  • އެންވަޔަރަންމެންޓަލް ކެމިސްޓް ރީ  
  • އެންވަޔަރަމަންޓް ހެލްތު  
  • ފުޑް އެންޑް އެގްރި-ބިޒްނަސް މެނޭޖްމަންޓް  
  • ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް  
  • ފުޑް ކެމިސްޓްރީ  
  • ފުޑް އިންޖީނިއަރިންގ
  • ފުޑް ހައިޖީން  
  • ފުޑް ލޯ  
  • ފުޑް މައިކްރޯބަޔޮލޮޖީ  
  • ފުޑް ނިއުޓްރިޝަން  
  • ފުޑް ޕްރޮސެސިންގް  
  • ފުޑް ކޮލިޓީ އެޝުއަރެންސް  
  • ފުޑް ކޮލިޓީ މެނޭޖްމަންޓް  
  • ފުޑް ސޭފްޓީ  
  • ފުޑް ސޭފްޓީ މެނޭޖްމަންޓް  
  • ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ  
  • ފުޑް ސެކިއުރިޓީ  
  • ފުޑް ސަރވިސް މެނޭޖްމަންޓް  
  • ފުޑް ޓެކްނޯލޮޖޯ  
  • އިނޮވޭޝަން އިން ފުޑް އެންޑް އެގްރިކަލްޗަރ  
  • މެޑިކަލް ބަޔޮލޮޖީ  
  • މައިކްރޯބަޔޮލޮޖީ  
  • ކޮލިޓީ އެންޑް ރެގިއުލޭޓަރީ އެފެއާޒް  
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ މެނޭޖްމަންޓް  
  • ކޮލިޓީ އެޝުއަރަންސް  
  • ރެގިއުލޭޓަރީ އެފެއާޒް  
  • ސަސްޓެއިނަބަލް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ  
  • ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރަލް ޕޮލިސީ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފުޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕުރެސެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 11 ފެބްރުވަރީ 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) ،އަދި އިންޓަރވިއު އޮންނާނީ  2025 ފެބްރުއަރީ/މާރިޗް މަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3034203 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 ޖަނަވަރީ 2025
ހޯދާ