މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025

އިޢުލާން

      މ .އަތޮޅުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތައްކަންޤާއިމްކޮށް، ފުޓްސަލް ކުޅެން ލޯބިކުރާ ޒުވާނުންނަށް ފުރުޞަތު ހޯދައި ދިނުމާއި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި އަދި މ. އަތޮޅުގައި ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އުފެއްދެމާއި، ރާއްޖޭގެ ޤައުމީފެންވަރުގައި ވާދަކުރާނެ ކުޅުންތެރިންތަކެއް އުފެއްދުމެވެ. މީގެ އިތުރުން މި ކުޅިވަރުގެ ސަބަބުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް މިއިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ "މ. އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025" 2025 އެޕްރީލް 25 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހޯސްޓްކުރާ ކައުންސިލް / ކުލަބު ޖަމްޢިއްޔާއަކަށް 100000.00ރުފިޔާ (އެއްލައްކަ ރުފިޔާ) ދިނުމަށް މި ކައުންސިލްއިން ވަނީ ނިންމާފައެވެ.

      ވީމާ، މި މުބާރާތް ބޭއްވުމަށް ޝައުޤުވެރިވާ ކައުންސިލް / ކުލަބު ޖަމްޢިއްޔާތަކުން 2025 ފެބުރުއަރީ 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން "މ. އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025" މުބާރާތް ބޭއްވުމަށް ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2025
ހޯދާ