ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1446

އިޢުލާން

ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1446

                ހއ. ކެލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި "ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1446"، 2025 މާރޗް 03 އިން 2025 މާރޗް 06 އަށް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 09 ޢުމުރު ފުރާއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވިމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓް www.kelaa.gov.mv  އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ތިރީގައިވާ ލިންކު މެދުވެރިކޮށްވެސް މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެއެވެ.

އޮންލައިން ފޯމް ލިންކު: https://bit.ly/3E1PDbA

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 G 1446

23 ޖަނަވަރީ 2025

23 ޖަނަވަރީ 2025
ހޯދާ