ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެންވައިރަމެންޓަލް އިންޕެކްޓް އެސްސްމެންޓް ރިޕޯޓް ހަދާދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު: 

ކުޑަހުވަދޫ ހުޅަނގު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކުޑަހުވަދޫގެ ހުޅަނގު އުތުރު ފަރާތުގައިވާ ސަރަހައްދުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިމެއް ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކާ ހަދަންޖެހޭ އީ.އައި.އޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ. 

  • އަންދާސީ ހިސާބު ހުށައަޅާ ފަރުދަކީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ފަރުދަކަށްވުން. 
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2025 އިން 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް އަދި މި އިދާރާއަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. 
  • އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. 
  • ބީލަން ހޮވުމުގައި އިސްކަންދޭނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލުގެ ދަށުންނެވެ. 
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ. 
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 09 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. 
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ. 

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ 

- އެކައުންޓް ނަންބަރު: 7730000135156 

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 9781899 

- އީމެއިލް: [email protected]  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

23  ރަޖަބް  1446   

23 ޖަނަވަރީ 2025
ހޯދާ