ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑެގިހުއްޓާ ، ގއ.ކަޅެހުއްޓާ ކުލި ނުވަތަ ވަރުވާއަށް ނަގާ ފަރާތްތަކަށާއި ، ގއ.ކޮލަމާފުށީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑެގިހުއްޓާ ، ގއ.ކަޅެހުއްޓާގެ ފަޅު ނުވަތަ ފަޅުން ބައެއް ކުއްޔަށް ނަގާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

އިޢުލާން

ގއ.ކޮލަމާފުށީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑެގިހުއްޓާ ، ގއ.ކަޅެހުއްޓާ ކުލި ނުވަތަ ވަރުވާއަށް ނަގާ ފަރާތްތަކަށާއި ، ގއ.ކޮލަމާފުށީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑެގިހުއްޓާ ، ގއ.ކަޅެހުއްޓާގެ ފަޅު ނުވަތަ ފަޅުން ބައެއް ކުއްޔަށް ނަގާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

             ގއ.ކޮލަމާފުށީ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑެގިހުއްޓާ އަދި ގއ.ކަޅެހުއްޓާ ވަރުވާ އަށް ނުވަތަ ކުއްޔަށް ނެގުމާއި މިދެރަށް ހިމެނޭ ސަރަޙައްދުގެ ފަޅު ނުވަތަ ފަޅުން ބައެއް ކުޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން،  ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސްތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް އަދި ވަރުވާއަށް ނެގުމާއި ގުޅޭ އުޞޫލާއި، މިކައުންސިލްގެ ނަންބަރު (PP)406-ca/INDIV/2024/4 އުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖަނަވަރީ 2025 ވާ ހޯމަ ދުވަގެ 14:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް [email protected]  ކުރައްވައިގެން މައުލޫމާތު ރަޖިސްޓްރީ ވުމަށް ފަހު، 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 13.00 ގައި  މިކައުންސިލަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް މައުލޫމާތު ސެޝަންގައި ބައިވެރިވުމަށް ދަންނަވަމެވެ. މައުލޫމާތު ސެޝަންގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް އޮންލައިން މީޓިންގެ ލިންކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް

1-      ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީކުރައްވަން ވާނެއެވެ.

2-      ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

3-    މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވެ ބައިވެރިނުވާ ފަރާތްތަކަށް އަލުން މައުލޫމާތު ފޯރުކޮށް ނުދެނޭނެއެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

4-      ބީލަން ހުޅުވުން އޮންނާނީ 05 ފެބުރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގައި ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ  ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް  ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.                            

                         މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.  

23 ރަޖަބަ 1445                                          

                            23 ޖަނަވަރީ 2025 

23 ޖަނަވަރީ 2025
ހޯދާ