ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގެ މީޑިއާ ޕާޓްނަރއަށްވުމުގެ ފުރުޞަތު

އިޢުލާން

 

"އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގެ މީޑިއާ ޕާޓްނަރއަށްވުމުގެ ފުރުޞަތު

 

މިސެންޓަރުގެ ނަންބަރު (IUL)177/1/2024/42 އިޢުލާނާއި ގުޅިގެން މުއްދަތު ހަމަވި އިރު އެއްވެސް ފަރާތަކުން "އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖެނުއަރީ 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3336767 އާއި ގުޅުއްވުން އެދެމެވެ.

23 ރަޖަބު 1446

23 ޖެނުއަރީ 2025

23 ޖަނަވަރީ 2025
ހޯދާ