ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމް އިމާރާތް ކުރުމާ ބެހޭ

މި މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 4 ކްލާސްރޫމް އިމާރާތްކުރުމާ ބެހޭ

މި މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 4 ކްލާސްރޫމްގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (GS-91/2015/06) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަދަރުސާއިން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިމަދަރުސާގައި ނުނިމިހުރި ހަތަރު ކްލާސްރޫމްގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. މި ޕްރޮޖެކްޓްގެ ބީލަންފޮތް ލިބެން ހުންނާނީ 23 ޖުލައި 2015 އިން 03 އޮގަސްޓު 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނޭކުރެންދޫ މަދަރުސާގެ އޮފީހުންނެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރެއްވުން އޮންނާނީ 05 އޮގަސްޓު 2015ވާ ބުދަ ދުވަހު 11:00ގައި މިމަދަރުސާއިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަންހުށަހެޅުން އޮންނާނީ 17 އޮގަސްޓު 2015 ހޯމަ ދުވަހުގެ 11:00ގައި ނޭކުރެންދޫ މަދަރުސާއިންނެވެ. މިގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގައި އިޢްލާނު ކުރީމެވެ.

06 ޝައްވާލް 1436 

22 ޖުލައި 2015
ހޯދާ