ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 4 ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީ ބޯލް ޗެލެންޖް 2025) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2025 ފެބްރުއަރީ 04 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި
ބައިވެރިވުމަށް ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2025 ފެބްރުއަރީ 13 ވަނަ ދުވަހުގެ 14:00އެވެ. މުބާރާތުގެ ގުތުއަތުލުން އޮންނާނީ،2025 ފެބްރުއަރީ 25 ވަނަ ދުވަހުގައެވެ. ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި
މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު ޙިއްސާކުރެވިފައިވާނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ.
ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ. 7 ޓީމް ހުށައަޅައިފިނަމަ، ގްރޫޕް ސްޓޭޖްގެ މެޗުތައް އެއްވަރު ކުރުމުގެގޮތުން،މުބާރާތުން ޖާގަ ދެވޭނީ ފުރަތަމަ ހުށައަޅާ 6 ޓީމަށެވެ.
ގޫގުލްފޯމް ލިންކް: https://forms.gle/BYXEqUnPZauCwzYg7
ޤަވާއިދުގެ ލިންކް: https://drive.google.com/file/d/1UgGAHCuZiEmdCETSUFVeQRdeIgeuQNpT/view?usp=sharing