ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫޤަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތ. ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫޤް މިސްކިތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://forms.gle/MdyRGsvYHeMRnfUu5  މި ލިންކު މެދުވެރިކޮށް 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

އަންދާސީ ހިސާބު ހުށަހެޅުން

06 ފެބުރުވަރީ 2025

13:15

ބުރާސްފަތި

ކައުންސިލްގެ އިދާރާ

 

                  މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2025
ހޯދާ