ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
މިއުޒިޝަން

އިޢުލާނު

 

މަޤާމު:

މިއުޒިޝަން

މަޤާމުގެ ނަންބަރު:

J-365189

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސްޓޫޑިއޯ ސެކްޝަން/ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ކ. މާލެ

މުސާރަ:

މަހަކު  5020ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ރަސްމީ އަދި އެހެނިހެން ހަފްލާތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޝޯ ހުށަހަޅާދިނުން
  2. ބޭންޑް ޕްރެކްޓިސްގައި ޤަވާއިދުން ބައިވެރިވުން.
  3. ސްކޫލް، ޔުނިވާސިޓީ ފަދަ ތަންތަނުގައި ޒުވާނުން މިއުޒިކަށް ޝައުގުވެރިކަން އެފެއްދުމަށް އެކިކަހަލަ ޕްރޮގްރާމް ރާވާ ހިންގުމާއި އެ ފަރާރްތަކަށް ބޭނުންވާ ޓްރެއިނިންގ ފޯރުކޮށްދިނުން
  4. އެން.ސީ.އޭ އިން އުފައްދާ މިއުޒިކާއި ލަވަ ރެކޯޑްކުރުން
  5. ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ މުބާރާތްތައް އިންސާފުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދިނުން
  6. އެން.ސީ.އޭ އިން ކުރިއަށްގެންދާ މިއުޒިކް ޕްރޮގްރާމްތަކުގައި އުނގަންނައިދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން
  7. މިނިސްޓްރީގެ އިވެންޓްތައް ރޭވުމުގައި އެހީތެރިވެދީ އިވެންޓްތަކުގައި ބައިވެރިވުން؛
  8. މިނިސްޓްރީއިން ބާއްވާ އިވެންޓްތަކުގައި ޝޯ ހުށަހަޅަންޖެހޭ ހާލަތްތަކުގައި އިތުރުގަޑީ މަޑުކޮށްގެން ޕްރެކްޓިސް ކުރިއަށް ގެންދިޔުން
  9. އޮލިމްޕަހުގައި ފިލްމު އެޅުވުމުގައި އަމަލީގޮތުން ބައިވެރިވުން
  10. އޮލިމްޕަހުގެ ފިލްމު، ސްޓޭޖް އަދި އެން.ސީ.އޭގެ އެހެނިހެން އިވެންޓްތަކުގެ ސައުންޑް ސެޓްއަޕްކުރުމާއި މެނޭޖްކުރުން
  11. އެންސީއޭގެ އިވެންޓްތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ސުޕަވައިޒަރގެ ލަފާގެ މަތިން ރަނގަޅުކޮށް ބެލެހެއްޓުން
  12. ބޭންޑްގައި ބޭނުންކުރާ އިންސްޓްރުމަންޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ސުޕަވައިޒަރގެ ލަފާގެ މަތިން ރަނގަޅުކޮށް ބެލެހެއްޓުން
  13. ސެކްޝަންގެ ބެލުމުގެ ދަށުން ހުންނަ މުދާތަކުގެ އިންވެންޓްރީ ފަރުވާތެރިކަމާއެކު ބަލަހައްޓައި އަދާހަމަކޮށް އެ މަސައްކަތް ކުރައްވާ ސެކްޝަނަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން؛
  14. ސެކްޝަންގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ލިޔެ އަޕްޑޭޓްކުރުން
  15. ސެކްޝަންގައި އިދާރީ ގޮތުން ކުރަންޖޭހޭ މަސައްކަތްތައްކުރުން؛
  16. މިނިސްޓްރީއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4

ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އާޓް ހިސްޓޯރިއޯގްރަފީ  

އާޓްސް އެންޑް ކަލްޗަރ މާރކެޓިންގ

އާޓްސް މެނޭޖްމެންޓް

އޯޑިއޯ ޕްރޮޑަކްޝަން

ކޮމިއުނިޓީ އާޓްސް

 އިވެންޓް މެނޭޖްމެންޓް

ފައިން އާޓްސް

 މަލްޓިމީޑިއާ 

މިއުޒިކް           (ކޯ ޑިސިޕްލިންގ)

މިއުޒިކް ޕަރފޯމަންސް  (ކޯ ޑިސިޕްލިންގ)

މިއުޒިކް ޓެކްނޮލޮޖީ    (ކޯ ޑިސިޕްލިންގ)

ވީޑިއޯ ޕްރޮޑަކްޝަން 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަރފޯމިންގ އާޓްސް
  • މިއުޒިކް

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 20

އިންޓަރވިއު - 35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު ގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ، 2025 ފެބްރުއަރީ 02 އާއި 2025 ފެބްރުއަރީ 13 އާ ދެމެދު، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 ޖަނަވަރީ 2025
ހޯދާ