ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގައި ބޭނުންކުރާ ފޮތީގެ ބާވަތްތަކާއި، ރަބަރުޝީޓްފަދަ ތަކެތި ދޮވެ ސާފުކޮށް، ހިއްކައި، އިސްތިރިކޮށް، ޚިދުމަތަށް ދަތިނުވާނެހެން ކަބަޑުތަކުގައި ތަރުތީބުކޮށް ބެހެއްޓުން
  2. މަސައްކަތް ކުރުމަށް ބޭނުންކުރާ މެޝިންތަކަށް ފަރުވާތެރިވެ، ސާފުކޮށް ބެލެހެއްޓުން.
  3. ދޮވެ ސާފުކުރުމަށް ލޯންޑްރީއަށް ގެނެވޭ ތަކެއްޗާއި، ދޮވެ ނިމުމަށްފަހު ލޯންޑްރީން ގެންދާ ތަކެތީގެ ރިކޯޑު ލިޔެ ބަލަހައްޓަމުން ގެންދިއުން.

ތަޢުލީމާއި، ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

ޢާއްމުކޮށް މަސައްކަތް އޮންނާނެ ގަޑި

ދަންފަޅި އުސޫލުން ( ކޮންމެ ދަންފަޅިއެއްގައި 7 ގަޑިއިރު ނުވަތަ 8 ގަޑިއިރު )

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށްވަރުކުރުމަށް އިންޓަރވިޔޫކޮށްގެން.

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސް، އަދި ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެމް.ކިއު.އޭ. ޤަބޫލުކުރާ ކަމަށް ތައްގަނޑު ޖަހާފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯރމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.  (މިލިޔުމުގައި ފުރިހަމަކުރި ތަމްރީނާއި ތަމްރީންގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. މަސައްކަތު ތަޖުރިބާގެ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.)

ސުންގަޑި

05 އޯގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚު:

ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ، 2015 އޯގަސްޓު މަހުގައި.

( އިންޓަރވިޔޫ ކުރާނީ ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ. ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6841970 ، 6841974 އެވެ. ވަޒީފާއަށް އެދޭ ފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާހަމަޔަށް މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

 

 
23 ޖުލައި 2015
ހޯދާ