ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމައްޗާއި މަގު ގޯޅިތަކާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެދަށުން އެކުލަވާލާފައިވާ "އާއްމު އުދަނގުލާބެހޭ ޤަވާޢިދުގެ 14 ވަނަ މާއްދާ (މަގުތަކުގައި ތަކެތި ބެހެއްޓުން) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލްގެ ހުއްދަނެތި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ނުބެހެއްޓޭނެއެވެ.

ވީމާ، ބަނދަރު މައްޗާއި މަގުގޯޅިތަކާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ކައުންސިލްގެ ހުއްދަ ނެތި ބަހައްޓާފައި ހުރި އެންމެހައި ތަކެތި 2025 ފެބްރުވަރީ 10 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. އަދި އެތަކެތި ނައްތާލުމުގައި ލިބިދާނެ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖަނަވަރީ 2025
ހޯދާ