ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރި އުފެއްދުންތައް ވިއްކުމަށް ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރުން.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިހިނގާ 1446 ވަނަ އަހަރު ރަމަޟާންމަހުގައި، ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ވިއްކުމަށްޓަކައި ފ. ނިލަންދޫ ބީޗްސައިޑު ގެއާއި އެއްގަލި ގޭގެ އުތުރުން އޮތް ރުއްކޮށިތެރޭގައި މިކައުންސިލުން ހަދާފައިވާ ވަގުތީ ލޯކަލް މާރުކޭޓް ގޮޅިތައް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ގޮޅިތައް ދޫކުރުމަށް ނިންމާފައިވަނީ ދުވާލަކަށް ގޮޅިއަކަށް -/10 (ދިހައެއް) ރުފިޔާގެ ކުއްޔަށެވެ. ގޮޅިދޫކުރުމުގައި އިސްކަންދެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 04 ފަރާތަކަށެވެ. އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި، 04 މީހުންނަށްވުރެ އިތުރުވާނަމަ އެކަން ނިންމާނީ އަގުގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ފެބްރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ސިޓީ ހިފައިގެން މިއިދާރާއަށް ޙާޟިރުވެ ދެއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަގުތީ ލޯކަލް މާރުކޭޓް ގޮޅި ކުއްޔަށް ހިފުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ ހުށަހަޅަންވާނެއެވެ.

މިހެންވެ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖަނަވަރީ 2025
ހޯދާ