ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ ދަނާލުގެ އިންފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ ދަނާލުގެ އިންފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: MNU-CA-PAMD/2024/135 އިޢުލާންގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް ނިންމީމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500،000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ބީލަމުގެ އަގަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
- މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 27 ޖަނަވަރީ 2025 ވަނަ ދުވަހު10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސް ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 30 ޖަނަވަރީ 2025 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ޕްރީ ބިޑް މީޓިންގއަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
|
މަސައްކަތާގުޅޭ މަޢުލޫމާތެއްނަމަ؛ |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
|
އިދާރީ ސެކްޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ.ހިތަދޫ ކެމްޕަސް ފޯން: 3345242 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 3345109, 33451113345110، އީ-މެއިލް: [email protected] |
22 ޖަނަވަރީ 2025
ހޯދާ
