ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

(IUL)258/258/2025/8 :ނަންބަރު

އިޢުލާން

 

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

"މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ދޫކުރުމުގެ އުސޫލު 2024" އަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)258/258/2024/67 (02 ސެޕްޓެމްބަރ 2024) އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://forms.office.com/r/5rSrrPJMVR ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

2025 ޖަނަވަރީ 22 އިން

2025 ފެބްރުއަރީ 04 ގެ ނިޔަލަށް

2025 ފެބްރުއަރީ 04 ވާ (އަންގާރަ) ދުވަހުގެ މެންދުރު 13:30 ގެ ކުރިން / އޮންލައިންކޮށް

ބީލަން ހުށައެޅުން އަދި ހުޅުވުން

2025 ފެބްރުއަރީ 05 (ބުދަ)

ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައިމިވަނީ، އާންމު ފަރުދުންނާއި، ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމިއްޔާތަކަށާއި ކުންފުނިތަކަށެވެ.
  4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަޖަބް 1446

22 ޖަނަވަރީ 2025                                                                       

22 ޖަނަވަރީ 2025
ހޯދާ