މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮސްޕިޓަލްއެޅުމަށް ކަނޑައެޅިފައިވާ ބިމުގެ ރުއްގަސްތައް ނަގާ ބިންސާފުކުރުން

  1. މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް  އަލަށް އިމާރާތްކުރާ ހޮސްޕިޓަލްއެޅުމަށް ކަނޑައެޅިފައިވާ ބިމުގެ ރުއްގަސްތައް ނަގާ ބިންސާފުކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.‏
  2. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 02 ފެބުރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  4. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު އެއް އުރަ ކުރެވިފައިވާނެއެވެ.‏
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      6540052

އީމެއިލް:    [email protected]

22 ޖަނަވަރީ 2025
ހޯދާ