ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް އޮލިމްޕިކް އެމްބެސެޑާރސް ސެޝަން ގައި ބައިވެރިވުމުގެ ފުރުޞަތު

2025 ވަނަ އަހަރުގެ ޖޫން މަހުގެ 7 ން 19 އަށް، ގްރީސްގެ އޮލިމްޕިއާގައި ބޭއްވޭ 65 ވަނަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް އޮލިމްޕިކް އެމްބެސެޑާރސް ސެޝަންގައި ބައިވެރިކުރުމަށް މިއެސޯސިއޭޝަންގެ ފަރާތުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ 1 އަންހެން އަދި 1 ފިރިހެން ބައިވެރިއެއްގެ ނަން ފޮނުވުމުގެ ފުރުޞަތު ލިބިފައިވާތީ މި ސެޝަންގައި ބައިވެރިވުމަށް ޝޯޓްލިސްޓް ވުމަށް ނަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކޭމްޕްގައި ބައިވެރިވެ ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ޝައުޤުވެރިވާ 20 އަހަރާއި 30 އަހަރާއި ދެމެދުގެ އެންމެހާ ފަރާތްތަކުން ބައޯޑާޓާ އަދި ވަނަވަރު ހިމެނޭހެން  26 ޖެނުއަރީ 2025 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން  މި އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، ބައިވެރިންގެ ނަން ޝޯޓްލިސްޓް ކުރުމުގައި މީގެ ކުރިން މިފަދަ ފުރުޞަތު ލިބިފައިނުވާ ބައިވެރިންނަށް އިސްކަން ދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއަކުން ކަމުގައިވާތީ، މިސެޝަނާއި، އޮލިމްޕިކްސް ވެލިއުސްއާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް އެންގިފައިވާ މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 7779140 ނަންބަރާއި ގުޅުއްވުން ނޫނީ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

22 ޖަނަވަރީ 2025
ހޯދާ