ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
| 
 މަޤާމު  | 
 ފައިނޭންސް އޮފިސަރ  | 
||||||||||||
| 
 މަޤާމުގެ ނަންބަރު  | 
 J-398759  | 
||||||||||||
| 
 ބޭނުންވާ ޢަދަދު  | 
 01 (އެކެއް)  | 
||||||||||||
| 
 މަޤާމުގެ ގިންތި  | 
 ދާއިމީ  | 
||||||||||||
| 
 މަޤާމްގެ ރޭންކް  | 
 އެމް.އެސް 1  | 
||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް1  | 
||||||||||||
| 
 ސެކްޝަން / ޔުނިޓް:  | 
 ކޯޕަރޭޓް އެފެއަރޒް ސެކްޝަން  | 
||||||||||||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ  | 
||||||||||||
| 
 މުސާރަ:  | 
 މަހަކު 5610.00 ރުފިޔާ  | 
||||||||||||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު 2000.00 ރުފިޔާ  | 
||||||||||||
| 
 އެހެނިހެން އެލަވަންސް  | 
 
  | 
||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
 1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 3- ކޮންމެ އަހަރަކުވެސް ބަޖެޓް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބަޖެޓް ތައްޔާރުކުމާއި އަދި ބަޖެޓަށް ގެނެވޭ އުނި އިތުރު ބަލަހައްޓާ އަދި ބަޖެޓާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިއުންތަ ތައްޔާރުކޮށް ފޮނުވުމާއި އަދި އޮޑިޓަށް ބޭނުންވާ ލިޔެކިއުންތައް ރައްކާތެރި ކަމާއެކު ބަލަހައްޓާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން 4- ދައުލަތުގެ މާލިއްޔާތުގެ ޤަޥާއިދުގެ ދަށުން ވިޔަ މޮޑިއުލްގެ ބޭރުން ހަދަންޖެހޭ ފައިސާ ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އެންމެހާ ފޮތްތައް ހަދައި އަދި އެފޮތްތައް ބަރާރަށް ލިޔެ ބެލެހެއްޓުން 5- އޮފީހުގެ ތިޖޫރީ ބެލެހެއްޓުމާއި އަދި ތިޖޫރީއަށް ވައްދާ ފައިސާ އާއި ނެގޭ ފައިސާގެ ހިސާބުތައް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ވިޔަ މޮޑިއުލްގެ ތެރެއިން ބެލެހެއްޓުމާއި ތިޖޫރި ރިޕޯޓް ޕްރިންޓްކޮށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވައި އަދި ބެލެހެއްޓުން 6- ބޭންކަށް ޖަމާކުރާ އަދި ނެގޭފައިސާތަކާއި ، ލިބޭފައިސާ އާއި ޚަރަދުވާ ފައިސާ އާއި ދިމާވާތޯ ބަލައި ރިކޮންސައިލްކޮށް ޗެކުކޮށް އަދި ބޭންކް އެކައުންޓްތަކުގެ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައް ތައްޔާރުކޮށ ބަލަހައްޓަމުން ގެންދިއުމާއި، އޮފީހުން ޚަރަދު ކުރާ އެންމެހާ ފައިސާތަކުގެ ލިޔެކިއުންތަކާއި އަދި ލިބޭ ފައިސާގެ އެންމެހާ ލިޔެކިއުންތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުން. އަދި ފައިސާއާއި ބެހޭ މަސައްކަތްތަކުގައި ވިޔަމޮޑިއުލްގެ ހަވާލުކުރެވޭ ރޯލް އަދާކުރުން. 7- ސެކްޝަނުގެ މަސައްކަތާއި ގުޅިގެން އަންނަ ސިޓީ މެސެޖްތަކާއި އަދި ފޮނުވާ ސިޓީ މެސެޖްތަކާއި އަދި ރިޕޯރޓް ތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އާންމުކުރުން. 8- ކޮންމެ މަހަކު 17 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންގެ މުސާރަ ހަދައި ފިނޭންސް މިނިސްޓްރީއަށް މުސާރައާއިބެހޭ އެންމެހާ ޑޮކިއުމަންޓްތައް ފޮނުވުމާއި އަދި ކައުންސިލް އިދާރާއިން އެކިއެކި ފަރާތްތަކުގެ ބިލްތަކަށް ދޭންޖެހޭ ފައިސާ ދޫކޮށް ފައިސާއިބެހޭ އެންމެހާ ކަންތައްތައް މާލިއްޔަތު ގާނޫންނާއި ގަވާއިދުގެ ދަށުން މޮނިޓަރކޮށް ބެލެހެއްޓުން. 9- ކައުންސިލަށް ލިބޭ އެންމެހާ ފައިސާތައް ބަލައިގަނެ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އަދި ޤަވާއިދުން ފައިސާ ދޫކުރަންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރުމާއި އަދި ފައިސާ އާއި ބެހޭ އެންމެހާ މުޢާމަލާތްތައް ކުރުމާއި އެކު، އެކަމާއި ބެހޭ އެންމެހާ ލިޔެކިޔުންތަކާއި ފައިސާ ރައްކާތެރިކަމާއެކު ފައިސާއިބެހޭ ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން 10- ހަމަޖެހިފައި އޮންނަ އުސޫލާއި އެއްގޮތަށް ކައުންސިލް އިދާރާ ހުޅުވާ ލެއްޕުން އަދި ކައުންސިލް އިދާރާގެ ބޮކިތައް ކޮންމެ ދުވަހަކު ރޭގަނޑު އިރު އޮއްސުމުން ދިއްލުމާއި ކޮންމެ ދުވަހަކު ހެދުނު ބޮކިތައް ނިއްވުން. 
  | 
||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، އެކައުންޓިންގ 
 މަޤާމުގެ ކޯ ޑިސިޕްލިން ފައިނޭންސް، އެކައުންޓިންގ 
  | 
||||||||||||
| 
 މަސައްކަތު ދާއިރާތައް 
  | 
 ފައިނޭންސް / އެކައުންޓިންގ  | 
||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު"  | 
||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. 
 
 ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% ( ފަސްދޮޅަސް ) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. 
  | 
||||||||||||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅާނީ 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ([email protected]) އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  | 
||||||||||||
| 
 ޝޯޓް ލިސްޓްކުރުން  | 
 މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
||||||||||||
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2025 ފެބުރުވަރީ 01 އާއި 2025 ފެބުރުވަރީ 15 އާ ދެމެދު ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ. އަދި މި މުއްދައްތުގެ ތެރޭގައި އިންޓަރވިއު / ޕްރެކްޓިކަލް ނުބޭއްވޭނަމަ، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު / ޕްރެކްޓިކަލް ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.  | 
||||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން  | 
 އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.  | 
||||||||||||
| 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  | 
|||||||||||||
22 ރަޖަބު 1446
22 ޖަނަވަރީ 2025
