ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު:

އީ.އެކްސް 1 / ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ/ ޅ. ކުރެންދޫ

އޮފީސް/ އިދާރާ، ސެކްޝަން:

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

8,835.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)، ދާއިމީ

ބޭނުންވާ އަދަދު، ގިންތި:

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްގެ އިދާރާގެ އެންމެހާ ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާ އެރުވުން.
  • ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް ސްޓްރެޓީޖްކް އެކްޝަން ޕްލޭނާއި، ކައުންސިލްގެ އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
  • ކައުންސިލްގެ އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތަކާއި ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި ގަވާއިދުތައް އެކުލަވައިލުން.
  • ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި އަމަލުކުރަންޖެހޭ އެހެނިހެން އުޞޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތް ރާވާ މުވައްޒަފުންލައްވާ މަސައްކަތް ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  • ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޛުކުރުން.
  • ދޭދޭ ފަރާތުގެ ދެބަސްވުން ސުލްޙަކުރުމަށް ޤާނޫނީ ކޮންސަލްޓެންސީ ދިނުން.
  • އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤްކޮށް އަދި ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން.
  • އިދާރާ ހުޅުވައި ލެއްޕުމާއި ހުޅުވާ ލެއްޕުމުގެ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • އިދާރާ ހިންގަވާ ބޭފުޅަކު ނެތް ހިނދެއްގައި އިދާރާގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ނުރަސްމީގަޑީގައި މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން އަދި މުވައްޒަފުން އަމިއްލަ ބޭނުމުގައި ބޭރަށްދުރުވުމުގެ ހުއްދަ ދިނުމާއި، ހުސްވަގުތުކޮޅު ބޭރަށް ދުރުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޗުއްޓީ އާއި މުވައްޒަފުންގެ ރެކޯޑް ފައިލާއި މުވައްޒަފުންނާބެހޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުވުން.
  • މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުން، ޗުއްޓީދޭ މުވައްޒަފުންނާއި ޗުއްޓީ ނިންމައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ބަދަލު އިންތިޒާމް ހަމަޖެއްސުން.
  • މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމް ހިންގައި ބެލެހެއްޓުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  • ކައުންސިލްގެ ޖަލްސާތައް އިންތިޒާމްކުރުމާއި ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމަށް ޔުނިޓްތަކާއި ޙަވާލުކުރުމާއި ކައުންސިލްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުވުން.
  • ނީލަމުގައި ވިއްކާލަންޖެހޭ ތަކެތީގެ ކަންތައްތައް ބެލެހެއްޓުވުން.
  • ކަނޑުން ލަނގުވާ ތަކެއްޗާއި ހޮވައިގެން ގެންނަ ތަކެއްޗާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  • އިދާރާގެ ބެލުމުގެދަށުގައި ހުންނަ ރައްޔިތުންގެ ފަޅުރަށްރަށާބެހޭ ކަންތައްތަކާއި މިނޫންވެސް ފަޅުރަށްރަށާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުވުން.
  • މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި ޔުނިޓްތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލު ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  • އިމްތިހާނު (%30)

2015 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

މަޤާމުގެ ޝަރުޠުތައް:

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

އިންޓަރވިއު،  އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

 

ޝޯޓް ލިސްޓްކުރުން:

 

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

އުޖޫރައާއި އިނާޔަތްތައް

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ2015  އޮގަސްޓު 16 އާ 2015 އޮގަސްޓް 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ޖުމްލަ އިންސައްތަ %35
  • އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިހާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި ޢާއްމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

7 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ