މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ:

މި މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައްތަކާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 3 މަސްދުވަހުގެ މުއްދަތަށް ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ މީހުން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތްކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:                                          

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލިބިފައިވުން.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮގަސްޓު 10 ވަނަ ދުވަހުގެ 14:30 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 13 އޮގަސްޓު 2015 އާއި 20 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައި ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

4 ޝައްޥާލް 1436

20 ޖުލައި 2015
ހޯދާ